ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ ނަންބަރު: MRDC-IUL/2016/13 އަށް އެދެވިގެނވާ ތަރުޙީބެއް ލިިބިފައި ނުވުމުން އެ އިޢުލާން ބާޠިލުކޮށް، އަލުން މިކުންފުނީގެ ހެޑްއޮފީހަށް މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: |
ޕްރޮކިއުމަންޓް މެނޭޖަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އީ.އެކްސް 1 – ގްރޭޑް 1 |
މުސާރަ: |
-/14630ރ (ސާދަހާސް ހަސަތޭކަ ތިރީސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/2000ރ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
މި ކޯޕަރޭޝަންގެ ހެޑްއޮފީސް |
މަސައްކަތް ކުރާ ޑިޕާޓްމެންޓް: |
ޕްރޮކިއުމަންޓް |
ފެންވަރު ނުވަތަ ޝަރުޠު: |
- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުން، - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕްރޮކިއުމަންޓުގެ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ހިންގާ ބަލަހައްޓައި، ޕްރޮކިއުމަންޓް ޕޮލިސީއަށް ފުރިހަމައަށް ޢަމަލުކުރެވޭކަން ޔަގީންކުރުން. - ޕްރޮކިއުމަންޓާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތައް ބަލައި، ކުންފުނީގެ އުސޫލުތައް ކަނޑައެޅިފައިވަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަން ޔަގީންކޮށް މުރާޖަޢާކުރަންޖެހޭ ކަންތައްތައް މުރާޖަޢާކުރުން. - މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުދަލާއި ފައިސާއާ ބެހޭގޮތުން ޢަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، އަދި މިނޫންވެސް ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން - ކުންފުނިން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓްތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް، ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން. - ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް މުވައްޒަފުންނަށް ބަހާލައި ހިންގައި ބެލެހެއްޓުން. - ކުންފުނީގެ ސަޕްލަޔަރުންނަށް ކުންފުންޏަށް ހޯދަން ބޭނުންވާ ތަކެއްޗާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން. - ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ތާރީޚަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން. - ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮކިއުމަންޓާ ގުޅުންހުރި ޕްރޮޖެކްޓްތައް ކުރިއަށްދާ މިންވަރު ބެލެހެއްޓުން. - ކުންފުޏަށް މުދާ ފޯރުކޮށްދޭ ފަރާތްތަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގުތަކެއްގައި މުދާ ހޯދުމަށް މަސައްކަތްކުރުން. - މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާތޯ ބަލައި ޔަގީންކުރުން. - ވެންޑަރ ރަޖިސްޓްރީއާއި ސަޕްލަޔައ ރަޖިސްޓްރީ ޑޭޓަރބޭސް އެކުލަވައިލުމާއި ބެލެހެއްޓުމާއި ސަޕްލަޔަރ ރިލޭޝަންސް މެނޭޖްކުރުން. - ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން. |
ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން، މިކުންފުނީގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައި މިވާ ތަކެއްޗާއެކު 25 ޖުލައި 2016 (ހޯމަ) ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ފޮނުއްވައިދެއްވުން އެދެމެވެ.
- މީހާގެ ވަނަވަރު،
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ
- ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ،
- ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން،
- ތިންމަސް ހަމަނުވާ ޕޮލިސް ރިޕޯޓް.
- ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
މިވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްދުވަސް ވުމުން ހާޒިރީއަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މި ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކުންފުނީގެ ފޯނު ނަންބަރު 3312904 އަށް ގުޅުއްވުން އެދެމެވެ.
13 ޝައްވާލް 1437