މުބާރާތް
ނަންބަރު: BAM/141/CR/2016/04
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 25 ޖުލައި 2016 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ 2 ވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕާ ގުޅޭ

ސަރކިއުލަރ

މި އަހަރުގެ ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ 2 ވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 22 ގައެވެ. މި މުބާރާތަކީ، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި ތިއްބެވި މި ކުޅިވަރަށް ޝައުޤުވެރިވާ ބޭފުޅުންނަށް އެ ފުރުޞަތު ހޯދައިދިނުމަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ރާވައި ހިންގުމަށް ހަމަޖެހިފައިވަނީ މި ކަމަށް ޝައުޤުވެރިވާ އޮފީސްތަކާއި ކުންފުނިތަކުގެ ބޭފުޅުން ބައިވެރިކޮށްގެންނެވެ.

ވީމާ، މި މުބާރަތުގައި ބައިވެރިވުށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި އެސޯސިއޭޝަނަށް އަންގަވައިދެއްވުން އެދި ދެންނެވީމެވެ. އަދި މިކަމާ ގުޅިގެން އޮފީހުންް ފޯކަލް ޕޮއިންޓެއް ހަމަޖައްސަވައި އެބޭފުޅެއްގެ ނަމާއި، މަގާމު އަދި ގުޅޭނޭ ނަންބަރަކާއެކު އަންގަވައިދެއްވުން އެދި ދެންނެވީމެވެ. މި މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ ނަންބަރު 3314057 ފޯނަށެވެ. ނުވަތަ މި އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ވެސް މަޢުލޫމާތު ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

އެސޯސިއޭޝަންގެ މެއިލް: [email protected]

އެސޯސިއޭޝަންގެ ފެކްސް: 3317896

17 ޖުލައި 2016