ކުއްޔަށް ދިނުން
ނަންބަރު: (IUL)306/306/2016/84
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 04 އޮގަސްޓް 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ ބިން ބިޑް އުސޫލުން ކުއްޔަށް ދޫކުރުން

އިޢުލާން

ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 02 ދެ ބިން ބިޑް އުސޫލުން ކުއްޔަށް ދޫކުރުން

މިރަށުގެ ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިކުރުމަށް 2 (ދޭއް) ބިން ބިޑު އުސޫލުން ކުއްޔަށް ދޫކުރުމުގެ ހުއްދަ މިހާރު ލިބިފައިވާތީ، މި 2 (ދޭއް) ބިމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ އެންމެހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އެހެންކަމުން، މި 2 ބިން ބިޑް އުސޫލުން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، ތެލުގެ ވިޔަފާރިކުރުމަށް އެއިން ބިމެއް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމެންޓްސް މި ކައުންސިލުން ގަންނަން ލިބޭނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ދިނުން:

  • 2016 އޮގަސްޓު 04 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި (ރަސްމާދޫ ކައުންސިލްގެ އިދާރާގައި)

ބިޑްު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ:

  • 2016 އޮގަސްޓު 14 ވާ އާދީއްތަ ދުވަހުގެ 13:00 ގައި (ރަސްމާދޫ ކައުންސިލްގެ އިދާރާގައި)

މަޢުލޫމާތު ދިނުމާއި، ބިޑް ޑޮކިއުމަންޓްސް ހުށަހެޅުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6580049 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި ކައުންސިލްގެ އީމެއިލް އެޑްރެހަށް: [email protected] އީމެއިލް ކުރެއްވުމުންވެސް އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޝައްވާލް 1437

19 ޖުލައި 2016