ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ޢިމާރާތްކުރަމުންގެންދާ 03 ކްލާސްރޫމަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް 30 ޖޫން 2016 ގައި ކުރެވުނު ނަންބަރު (IUL)GS-90/GS-90/2016/1008 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ޢިމާރާތްކުރަމުންގެންދާ 03 ކްލާސްރޫމަށް، މިދަންނަވާ ފަރުނީޗަރުތައް ވަރަށް އަވަހަށް ގަންނަން ބޭނުމެވެ.
# |
ބާވަތް |
ބޭނުންވާ އަދަދު |
1 |
މުދައްރިސުންގެ މޭޒު |
03 |
2 |
މުދައްރިސުންގެ ގޮނޑި |
03 |
3 |
ވައިޓްބޯޑު |
03 |
4 |
ނޯޓިސްބޯޑު (ސޮފްޓްބޯޑު) |
03 |
5 |
ކްލާސްރޫމް ކަބަޑު |
03 |
6 |
ޑަސްބިން |
03 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ލައިބުރަރީގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުށަހެޅުމުގެ ބައްދަލުވުން |
2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 11:30 |
2016 އޮގަސްޓު 03 ވާ ބުދަ ދުވަހުގެ 11:30 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެއީ ކޮން ފަރާތެއްކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.