މަސައްކަތް
ނަންބަރު: GS09/2016/31
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 25 ޖުލައި 2016 13:00
ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ނެޓްވަރކް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެން.ސީ.އައި.ޓީގެ ނެޓްވަރކް ކައުންސިލްގެ އިދާރާއިން ސްކޫލަށް ގުޅާލުމާބެހޭ:

މި މަރުކަޒާއި ކޮމަންޑޫ ކައުންސިލްގެ އިދާރާއާ ދެމެދު އެން.ސީ.އައި.ޓީ. ނެޓްވަރކް މެދުވެރިކޮށް ގުޅާލުމަށްޓަކައި މަގުމަތީގައި ކޯރުކޮނެ، ނެޓްވަރކް އެޅުމަށް ބޭނުންވެއެވެ. ނެޓްވަރކް އެޅުމަށް ބޭނުންވާ ކޭބަލް ދިނުމުން، މި މަރުކަޒުން ހަމަޖައްސާ ގޮތެއްގެމަތީން މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 25 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި ބީލަންފޯމު ދޫކުރުން 2016 ޖުލައި 21 ވަނަ ދުވަހުގެ 13:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބީލަންފޯމު ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ޝައްވާލް 1437

17 ޖުލައި 2016