ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) /GS-02/2016/1001
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 03 އޮގަސްޓް 2016 14:00
ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ހެލްތު އޮފިސަރ

މަޤާމުގެ ނަންބަރު:

188D/22/2016/9

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް އޮތް އޮފީސް:

ހދ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ހދ. އަތޮޅު ތަޢުލީމީ މަރުކަޒު / ހދ. ކުޅުދުއްފުށި

ސެކްޝަން:

އެޑްމިން

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން:

ސީނިޔަރ އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،500 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

- ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހެލްތުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ހެލްތުގެ ދާއިރާއިން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ސެޝަނުގެ ތެރޭގައި ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކުގައި އަވަސްފަރުވާ ދިނުމާއި، ކަނޑައެޅޭ އުސޫލެއްގެމަތިން ސްކޫލުގެ ހުރިހާ ކުދިންގެ އާންމު ޞިއްޙަތު ޗެކުކޮށް، އެކަމުގެ ރިކޯޑު ބެލެހެއްޓުން.

2. ހެލްތު ރޫމުގައި ބޭނުންކުރެވޭ ބޭސްފަދަ ތަކެތި މުއްދަތު ހަމަވޭތޯ ބަލައި ޗެކުކުރުން.

3. ގްރޭޑް 1 އަށް ވަންނަ ކުދިންގެ ހެލްތު ޗެކަޕް ހެދުން.

4. ބަލިވެގެން ގެންނަ ކުދިންނަށް ސްކޫލުން ދެވެންނެތް ފަރުވާއެއް ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިއުން.

5. ސްކޫލުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ހިންގޭ ޕްރޮގުރާމްތައް ރާވައިގެން ކުރިއަށްގެންދިޔުން.

6. ފަސްޓްއެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމައަށް ބެހެއްޓުން.

7. ފާޚާނާތަކުގެ ސާފުތާހިރުކަން ބަލައި، ފާޚާނާގެ ނިޒާމު ހުރީ ރަނގަޅަށްތޯ ބަލައި ޗެކުކޮށް، ކަމާބެހޭ ފަރާތަށް މަޢުލޫމާތު ދިނުން.

8. ސްކޫލުގެ ހެލްތު ސްކުރީން ޕްރޮގުރާމް ހިންގައި، ރިޕޯޓު ތައްޔާރުކޮށް، ފޮނުވުން.

9. ސްކޫލުގެ ބޯފެން ޓެސްޓްކުރުމާއި، ސާފުތާހިރު ބޯފެން ދަރިވަރުންނަށް ލިބެންހުރިތޯ ޗެކުކޮށް ކަށަވަރުކޮށް، ސްކޫލުގެ އިސްވެރިންނަށް އެންގުން.

10. މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންގެ ޞިއްޙީ މައްސަލަތަކަށާއި ބޭނުންތަކަށް ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުން.

11. ރަނގަޅު ކާނާއާބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.

12. މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

- ހަވާލުކުރެވޭ މަސައްކަތް ނިންމާގޮތާއި، ޕާރފޯމަންސަށް ބަލައިގެން.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 3 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 އޮގަސްޓު 9 ވަނަ ދުވަހު، މި ސްކޫލުގައެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ނޯޓު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6528817 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

15 ޝައްވާލް 1437

20 ޖުލައި 2016