މަސައްކަތް
ނަންބަރު: GS-172/IUL/2016/13
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 01 އޮގަސްޓް 2016 11:00
ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
އެލްމެނިއަމް ދޮރާއި ދޮރުފަތް ހަރުކޮށް ތަށިމުށިޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކްލާސްރޫމްތަކުގައި އެލްމެނިއަމް ދޮރާއި ދޮރުފަތް ހަރުކޮށް، ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދުން:

މި ސްކޫލުގެ ކްލާސްރޫމްތަކުގައި އެލްމެނިއަމް ދޮރާއި ދޮރުފަތް ހަރުކޮށް ތަށިމުށި ޖެހުމަށް ކުރެވުނު ނަންބަރު: GS-172/IUL/2016/10 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުން ދޭ މަޢުލޫމާތާއި ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް އަލުން ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 1 ވާ ހޯމަ ދުވަހުގެ 11:00 ގައި.

2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7952917 ނަންބަރު ފޯނާއެވެ.

16 ޝައްވާލް 1437

21 ޖުލައި 2016