މަސައްކަތް
ނަންބަރު: N2C/2016/06
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 04 އޮގަސްޓް 2016 14:00
ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިންފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކޯޓުގެ ނަންބަރު 05/2016/N2C (07 ޖުލައި 2016) އިޢުލާނުގައިވާ އިންފާރު ރޭނުމުގެ މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަކަށް މީހުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތްކުރުމަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 4 ވަނަ ދުވަހުގެ 14:00 އަށް މި ކޯޓަށް، ނުވަތަ ތ. ވޭމަންޑޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 10 ވަނަ ދުވަހުގެ 14:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

16 ޝައްވާލް 1437

21 ޖުލައި 2016