މަސައްކަތް
ނަންބަރު: (IUL)305-CA305/305/2016/63
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 25 ޖުލައި 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރ. މާކުރަތު މަސްޖިދުއްސަލާމުގެ ބައެއް މަރާމާތުތައް ކުރުމާގުޅޭ:

މި އިދާރާގެ ނަންބަރު: (IUL)305-CA305/305/2016/56 (05 ޖުލައި 2016) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރީމެވެ.

ރ. މާކުރަތު މަސްޖިދުއްސަލާމުގެ ބައެއް މަރާމާތުކުރުމުގެ މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާގެ މީޓީންގރޫމަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 03 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

- މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް

- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް

- ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް

- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.

ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް:

1- މަސައްކަތުގެ އަގަށް: %80 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)

2- މަސައްކަތުގެ މުއްދަތަށް: % 10 (ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)

3- މަސައްކަތުގެ ތަޖުރިބާ:  % 10   

- ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ޢިމާރާތްކުރުމާއި ޢިމާރާތް މަރާމާތުކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ އަދި ފިނިޝިންގ ވާރކްސްއެވެ.

- ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީއަށް ބަލާފައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 ން 14:00 އާ ދެމެދު މި އިދާރާގެ ނަންބަރު 6580015 ފޯނަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 ޝައްވާލް 1437

19 ޖުލައި 2016