ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407/407/2016/28
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 18 އޮގަސްޓް 2016 14:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ދަފުތަރެއް އެކުލަވާލުމާބެހޭ

އިޢުލާން

ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ދަފުތަރެއް އެކުލަވާލުމާބެހޭ:

މިރަށުގައި ދުއްވާ ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ދަފުތަރެއް އެކުލަވާލުމަށް ކުރެވުނު މި އިދާރާގެ ނަންބަރު IUL)407/407/2016/21) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މިރަށުގައި ދުއްވާ ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ދަފުތަރެއް އެކުލަވާލުމަށްޓަކައި 2016 އޮގަސްޓު 20 ގެ ކުރިން މި އިދާރާއަށް ދުރުވެ މި ދަފުތަރުގައި އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ކަނޑު ދަތުރުފަތުރުކުރާ އުޅަނދެއް ރަޖިސްޓަރީކުރުމަށް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ. އަދި އުޅަނދުތައް ރަޖިސްޓަރީކުރާ ފޯމު 2016 ޖުލައި 19 ވާ އަންގާރަ ދުވަހުން ފެށިގެން މި އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ދުވަސްތަކުގެ 9:00 ން 12:00 އަށެވެ.

18 ޖުލައި 2016