ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2016/59
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 11 އޮގަސްޓް 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ކޮނޑޭއިން ގޯތި ދޫކުރުން

އިޢުލާން

ގއ. ކޮނޑޭއިން ގޯތި ދޫކުރުން:

ގއ. ކޮނޑޭގެ ހުޅަނގުދެކުނުފަރާތު "މުޙައްމަދު އަމީނު މަގުގެ ހުޅަނގުން" މިހާރު ދޫކޮށްފައިވާ ގޯތިތަކުގެ ހުޅަނގު ފަރާތުން ދިރިއުޅުމަށްޓަކައި 30 (ތިރީސް) ބަންޑާރަ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން 2016 އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މުއްދަތު ހަމަވާފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.

ގޯއްޗަށް އެދި ކުރިމަތިލެވޭނެ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:

  • ދިވެހި ރައްޔިތެއްކަމުގައިވުން
  • އުމުރުން 21 އަހަރު ފުރިފައިވުން.
  • ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
  • އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނުވުން. ނުވަތަ ލިބިފައިވާ މިފަދަ ބައެއް ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ދޫކޮށްލުމަށް އެއްބަސްވުން.
  • އެއްމެދު ޢިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނުވުން. ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްފައި ނުވަތަ ވިއްކާފައިވާތާ 2 އަހަރުދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
  • ހުށަހަޅާ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައި ނުވުން.

ގޯއްޗަށް އެދޭ ފަރާތަތްކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

1. ގޯއްޗަށް އެދޭ ފަރާތުގެ އަނބި މީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓުގެ ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ފުލެޓަކުން ބައެއް ލިބިފައިނުވާނަމަ، 50 ޕޮއިންޓް.

ހ. ލިބިފައިވާ ގޯއްޗެއް ދޫކުރުމަށް އިޤްރާރުވާނަމަ، ބެލެވޭނީ ގޯއްޗެއް ނެތް ކަމަށެވެ.

2. މީހަކާއި އިނދެގެން ހުރިނަމަ، 15 ޕޮއިންޓް.

3. 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ، 04 ޕޮއިންޓް.

ހ. 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 03 ޕޮއިންޓް. (މިބަޔަށް އެންމެ ގިނައިން ދެވޭނީ 10 ޕޮއިންޓެވެ)

4. ކޮނޑޭގައި ދިރިއުޅޭ ފަރާތެއްނަމަ، 07 ޕޮއިންޓް.

ހ. ކޮނޑޭގައި ދިރިއުޅޭ ފަރާތެއްކަމުގައި ބެލެވޭނީ ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި މެދުނުކެނޑި ކޮނޑޭގައި ދިރިއުޅެފައިވާނަމައެވެ.

5. ކޮނޑޭ ނޫން އެހެން ރަށެއްގެ ރައްވެއްސެއްނަމަ 18 ޕޮއިންޓް.

ގޯތި ދޫކުރާނެ ފަރާތްތަށް ކަނޑައެޅުން:

  • ގޯތި ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ ގޯތި ދޫކުރުމަށް މި އިދާރާއިން ކަނޑައަޅާފައިވާ ކޮމިޓީން ފޯމުތައް ދިރާސާކޮށް މާކްސް ދިނުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ 30 ފަރާތަށެވެ. މިގޮތުން ޕޮއިންޓް ދިނުމުގައި 30 ވަނައަށް އެއްފަރާތަށް ވުރެ ގިނަ ފަރާތް ހޮވިއްޖެނަމަ، 30 ވަނަ ފަރާތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

09 ޝައްވާލް 1437

14 ޖުލައި 2016