މަސައްކަތް
ނަންބަރު: (IUL)306/306/2016/80
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 25 ޖުލައި 2016 11:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓު އަޅައިދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

ރ. ރަސްމާދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓު އަޅައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

ރަސްމާދޫގައި ބަށިކޯޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ކައުންސިލްގެ ނަންބަރު (IUL)306/306/2016/11 (07 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތަށް އަލުން އިޢުލާންކުރަމެވެ.

ރ. ރަސްމާދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓު އަޅައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވަޑައިގަތުމަށްފަހު، އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލްގެ އިދާރާއަށް ވަޑައިގަތުން އެދެމެވެ. އަދި މިކަމަށް ތައްޔާރުކުރެވިފައިވާ ޑޮކިއުމަންޓްތައް ކައުންސިލުން ގަންނަން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 11:00 ގައި

2016 އޮގަސްޓު 02 ވާ އަންގާރަ ދުވަހުގެ 11:00 ގައި

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އެނގޭނޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނާންނަ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި ކައުންސިލްގެ ނަންބަރު: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެކެވެ. 

1- މަސައްކަތް ކޮށްދޭ އަގު (75 އިންސައްތަ)

2- މަސައްކަތް ނިންމޭނެ މުއްދަތު (20 އިންސައްތަ)

3- ޕްރޮފައިލް (5 އިންސައްތަ)

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.              

13 ޖުލައި 2016