ދެންނެވުން
ނަންބަރު: (IUL)101-AF/1/2016/112
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 19 ޖުލައި 2017 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެމްޕްލޮއިމަންޓް އޭޖެންސީއާބެހޭ

އިޢުލާން

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ

ގަވާއިދު ނަންބަރު: 21-R/2016 (ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ގަވާއިދު 2016) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016/R-48) ގެ ދަށުން، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ހިންގުމުގެ ކަންތައްތައް އިޞްލާޙު ކުރުމަށް ދެވޭ މުއްދަތު، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހަށް އިތުރުކޮށްދެވިފައިވާ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

ވީމާ، މި މުއްދަތު ހަމަވާ ތާރީޚުކަމުގައިވާ، 19 ޖުލައި 2017 މި ތާރީޚުގެ ނިޔަލަށް، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ އޭޖެންސީތަކުން، ގަވާއިދާ އެއްގޮތަށް އޭޖެންސީ ހިންގުމުގެ ކަންތައްތައް އިޞްލާޙުކުރުމަށް، މި މިނިސްޓްރީން އިލްތިމާސްކުރަމެވެ. އަދި މި މުއްދަތަކީ، ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް، އެކަށީގެންވާ މުއްދަތެއްކަމަށް މި މިނިސްޓްރީން ދެކޭ ވާހަކަ ދަންނަވަމެވެ.

ގަވާއިދަށް ޢަމަލުކުރުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް މި މިނިސްޓްރީއިން ނިންމާފައި މިވަނީ، މި ގަވާއިދަށް ގެނެވުނު އިޞްލާޙާ ގުޅިގެން، ބިދޭސީ މަސައްކަތު މީހުން ގެނައުމުގެ އެކި މަރްހަލާތަކުގައި ސަރުކާރުގެ އެކި އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ވިޔަފާރިތަކަށް ދިމާވެދާނެ ދަތިތަކަށް ޙައްލު ހޯދުމަށާއި، ގަވާއިދަށް ގެނެވުނު ބަދަލާ ގުޅިގެން، ވިޔަފާރިތަކުން މި މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަންބޮޑުވުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ވިޔަފާރިތަކަށް އިތުރު ވަގުތު ދިނުމުގެ މަގުސަދުގައެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި މިނިސްޓްރީގެ ހޮޓްލައިން 1691 ނުވަތަ 3333193، 7762101 ނުވަތަ 7676219 އަށް ގުޅުއްވުން އެދެމެވެ. އަދި ހުއްދަ އައުކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމުތައް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

15 ޝައްވާލް 1437
14 ޖުލައި 2016