ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-CA/IUL/2016/53
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 01 އޮގަސްޓް 2016 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަލެކްޝަން ސާރވިސަސް މެނޭޖަރުގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ކަލެކްޝަން ސާރވިސަސް މެނޭޖަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

މެނޭޖަރ

މުސާރައާއި ޢިނާޔަތްތައް

-/20,000 އާއި -/25,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

01

ޝަރުޠު

(ހ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،

(ށ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،

(ނ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،

(ރ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ބ) ޞިނާޢީ މަސައްކަތްތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައި ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

(ޅ) ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

(ކ) އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

(އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛

(ވ) މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވޭސްޓް ކަލެކްޝަންގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި އެ ދިރާސާތަކުގެ އަލީގައި ޚިދުމަތް ފޯރުކޮށްދޭނެ މޮޑެލް ފަރުމާކުރުމާއި ޢަމަލީ މަސައްކަތްކުރުން؛
  2. ވޭސްޓް ކަލެކްޝަންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ އުސޫލުތައް ތައްޔާރުކުރުމާއި އެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތް ކުރިއަށްގެންދިއުން؛
  3. ވޭސްޓް ކަލެކްޝަންސްގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޚިޔާލު ހޯދާނެ ނިޒާމެއް އެކުލަވައިލައި ލިބޭ ޚިޔާލުތަކުގެ އަލީގައި ޚިދުމަތް ފުޅާކުރުމާއި ތަރައްޤީކުރުން
  4. ވޭސްޓް ކަލެކްޝަންސްގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޑޭޓާބޭސް އެކުލަވައިލުމާއި ބެލެހެއްޓުމާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ ޑޭޓާބޭސް ގަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން؛
  5. ވޭސްޓް ކަލެކްޝަންސްގެ ޚިދުމަތް މޮނިޓަރކުރުމާއި އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަތުމާއި މި ޚިދުމަތް ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން؛
  6. ވޭސްޓް ކަލެކްޝަންގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދިރާސާކޮށް، އެ ޚިދުމަތްތައް ފަރުމާކޮށް ހިންގުން؛
  7. ކޯޕަރޭޝަނުން ތައްޔާރުކުރާ ތަފާތު ރިޕޯޓުތަކަށް ވޭސްޓް ކަލެކްޝަންގެ ދާއިރާއިން ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި ބޭނުންވާ މުއްދަތަށް ރިޕޯޓް ތައްޔާރުކުރުން؛
  8. ކޯޕަރޭޝަނުގެ ފަރާތުން ވޭސްޓް ކަލެކްޝަންސްގެ ޚިދުމަތް ފުރިހަމަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ތަރައްޤީކޮށް ހިންގުން؛
  9. އޮޕަރޭޝަންސް ޑިޕާޓްމަންޓް ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން؛
  10. ކޯޕަރޭޝަނުން ހިންގާ އިތުރު ހަރަކާތްތަކުގައި އިސްނަގައިގެން ހަރަކާތްތެރިވުން،

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.

- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ ) ކޮޕީ،

- ޕޮލިސް ރިޕޯޓު (ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި:

- 2016 އޮގަސްޓް 1 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މައި އޮފީސް - ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން، އޮގަސްޓު 02 ން 04 އަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

- ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް - ނަންބަރު 3000581 / 7584070 އަށް ގުޅުއްވުން އެދެމެވެ.

15 ޝައްވާލް 1437

20 ޖުލައި 2016