ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)243-S02/243/2016/32
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 02 އޮގަސްޓް 2016 14:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާއާއި ފުވައްމުލަކު އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޤާމް:

ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ބޭނުންވާ އަދަދު:

2 (ދޭއް)

މުސާރައާއި އެލަވަންސް:

މަހަކު -/4،000 ރުފިޔާ (ހަތަރުހާސް ރުފިޔާ)

ޢިނާޔަތްތައް: 

މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން.  

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ފުވައްމުލަކު އަތޮޅުގެއާއި، އަތޮޅުގެ ގުޅިފައިވާ އެންމެހައި އިމާރާތްތަކާއި، ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގެ އިމާރާތްތައް ބެލެހެއްޓުން.

2. އަތޮޅުގެއާއި އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ހިމެނޭ ތަކެއްޗާއި ވެހިކަލްފަދަ ތަކެތި ބެލެހެއްޓުން.

3. އަތޮޅުގެއާއި އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ބަގީޗާ ހެއްދުމާއި، ބަގީޗާތަކަށް ފެންދީ ބެލެހެއްޓުން.

4. އަތޮޅު ކައުންސިލް އިދާރާއިން ބަލަހައްޓަމުންދާ އިމާރާތްތަކާއި ތަންތަން ބެލެހެއްޓުން.  

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތު ލިބިފައިވުން.

- މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި:

1. މަޤާމަށް އެދި ހުށަހަޅާ ސިޓީ.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ލިބިފައިވާ ތަޖުރިބާގެ ލިއުމުގެ ކޮޕީ

ސިޓީ ފޮނުވަންވީ ތާރީޚު:

2016 އޮގަސްޓު 2 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އަތޮޅު ކައުންސިލް އިދާރާއަށް.

13 ޝައްވާލް 1437

 

18 ޖުލައި 2016