މަސައްކަތް
ނަންބަރު: (IUL)228-DG/228/2016/23
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 02 އޮގަސްޓް 2016 11:00
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
HR (ހިޔުމަންރިސޯސް މެނޭޖްމެންޓް) ސޮފްޓްވެއަރއެއް ފަރުމާކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކައުންސިލަށް HR (ހިޔުމަން ރިސޯސް މެނޭޖްމެންޓް) ސޮފްޓްވެއަރއެއް މި އިދާރާއިން ދޭ ފީޗަރސްތަކާ އެއްގޮތަށް ފަރުމާކޮށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)228-DG/228/2016/21 (05 ޖުލައި 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ސޮފްޓްވެއަރ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 02 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ދުރުވެ، ނުވަތަ މި އިދާރާގެ ނަންބަރު 6560012 އަދި 6560028 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 09 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ، އަންދާސީހިސާބު (ބިޑު) ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު (ބިޑް) ބަލައިނުގަނެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

14 ޝައްވާލް 1437

19 ޖުލައި 2016