ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HAS/1/2016/42
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 31 ޖުލައި 2016 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރެއް ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޕްރޮޖެކްޓް މެނޭޖަރ

ބޭސިކް މުސާރަ:  މަހަކު -/9,000 ރުފިޔާ

އެލަވަންސް:    މަހަކު -/6,000 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޕްރޮޖެކްޓްސް / އިންވެސްޓްމެންޓް

ބޭނުންވާ އަދަދު: 1

ޝަރުޠު:

  • މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕްރޮޖެކްޓް މެނޭޖިންގގެ ދާއިރާގައި 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:

2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މި ބައިގައި މާކްސް ދެވޭނީ އެޓެސްޓް ކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މި ބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ މަތިން މެނޭޖްކޮށް ކުރިއަށް ގެންދިއުން.

  • އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްގެންދެވޭ ހުރިހާ ރަށެއްގައި އެ މަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކޮށް ސުޕަވައިޒަރަށް ރިޕޯޓުކުރުން.

  • އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަޖެޓް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން.

  • އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ ޕްލޭން ހަދައި، އެ ޕްލޭނަށް މަސައްކަތް ކުރިއަށްގެންދިއުން.

  • އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓުގެ ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ސުޕަވައިޒަރ އަދި މެނޭޖްމަންޓުގެ ލަފާގެ ދަށުން ގެންނަމުން ދިއުމާއި، މިކަމުގެ މަޢުލޫމާތު ގަވާއިދުން މެނޭޖްމަންޓާ ހިއްސާކުރަމުން ގެންދިއުން.

  • އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓުގެ މަސައްކަތާ ގުޅިގެން ޕްރޮޖެކްޓް ކުރިއަށްގެންދެވޭ ރަށްތަކަށް ދާންޖެހިއްޖެ ހާލަތެއްގައި ދިއުން

  • އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓުގެ އެކި ކޮމްޕޯނަންޓްތައް ގުޅުވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

  • އިންޓަރގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓާގުޅޭ އެންމެހައި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓައި ގަވާއިދުން ފައިލުކުރުން. ލިޔެކިޔުން ބެލެހެއްޓުން.

  • ސެކްޝަންގެ ސިޓީ، ނޯޓު އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

  • މި ކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

  • ކުންފުނީގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

އިތުރު މަޢުލޫމާތު:

  • މި މަޤާމުގައި އަދާކުރަންޖެހޭ މަސައްކަތުގެ ބާވަތުން، މި މަޤާމަށް ކުދިން ހޮވުމުގައި ފިރިހެން ކުދިންނަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

                                 14 ޝައްވާލް 1437

19 ޖުލައި 2016