ވަޒީފާގެ ފުރުޞަތު
ނަންބަރު: A-422/2016/36
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 03 އޮގަސްޓް 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ފައިނޭންސް އޮފިސަރ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޔުނިޓް: ކޯޕަރޭޓް އެފެއާޒް

މުސާރަ: މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ: 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:  

1. ރަށު ރައްޔިތުންގެ މާލިއްޔަތާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.

2. ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް އިދާރީ ދާއިރާތައް  ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެދަށުން ހެދޭ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކަނޑައެޅިފައިވާ ފީ ނެގުމުގެ މަސައްކަތް ކުރުން.

3. މީހުންގެ އަމިއްލަ ބިންތަކާއި މުދާ އާންމު ބޭނުމަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ، ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ޢަދުލުވެރި ބަދަލު ދިނުމުގެ މަސައްކަތް ކުރުން.

4. ރަށު ކައުންސިލަށް އާމްދަނީ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދައްކަމުން ގެންދާކަން ޔަގީންކޮށް، ފައިސާ ނުދައްކާ ފަރާތްތަކަށް ޔުނިޓުގެ ހެޑްގެ މަޝްވަރާގެމަތިން އެންގުން.

5. މިނިސްޓްރީ އޮފް ފިނޭންސުން އަންގަވާގޮތެއްގެމަތިން، ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ތާރީޚަށް ބަޖެޓް ފޮނުވުން.

6. ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކައުންސިލް އިދާރާގެ އެކައުންޓުތަކުގެ ފޮތްތަކާއި، މާލިއްޔަތު އެކައުންޓާބެހޭ އެންމެހައި ފޮތްތައް ތައްޔާރުކޮށް ބެލެހެއްޓުން.

7. ފައިސާގެ ބިލްތަކާއި، ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

8. ކައުންސިލް އިދާރާއަށް ލިބޭ އެންމެހައި ފައިސާ ބަލައިގަތުމާއި، ރަސީދުފޮތްތައް ބެލެހެއްޓުމާއި، ކޮންމެދުވަހަކު އިދާރާ ބަންދުވުމުގެ ކުރިން އެދުވަހަކު ލިބިފައިވާ ހުރިހާ ފައިސާއެއް ތިޖޫރީކޮށް ތިޖޫރީ ބެލެހެއްޓުން.

9. ލިބޭ ފައިސާއާއި، ޚަރަދުކުރެވޭ ފައިސާގެ ހިސާބުތައް ދުވަހުން ދުވަހަށް ލިޔަންޖެހޭ ހުރިހާ ފޮތްތަކެއްގައި ލިޔެ ދުވަހުންދުވަހަށް މަސައްކަތް ނިންމުން.

10. ކޮންމެ މަހެއްގެ ކަނޑައެޅިފައިވާ ތާރީޚަށް މުސާރަ ވައުޗަރއާއި ކޭޝްފްލޯރ ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުން.

11. މުވައްޒަފުންނަށް މުސާރަދިނުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މުސާރަ ހަވާލުކުރުން.

12. ބޭންކުން ފައިސާ ނެގުމަށްޓަކައި ކުރަންޖެހޭ ދަތުރު ކުރުން.

13. މުދަލުގެ ޒަކާތަށް ދައްކާ ފައިސާ ބަލައިގަތުމާއި، މުދަލުގެ ޒަކާތަށް ލިބޭ ފައިސާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ފޮނުވުން.

14. ފިޠުރުޒަކާތް ބަލައިގަތުމާއި، ފިޠުރުޒަކާތް ބެހުމަށް ހަމަޖެހިފައިވާ ވަގުތުގައި ފިޠުރުޒަކާތް  ބެހުމާއި، ފައިސާ ބެހިގޮތުގެ މަޢުލޫމާތު މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒަށް ފޮނުވުން.

16. ދިވެހި ރައްޔިތެއްކަން އަންގައިދޭ ހެދުމުގެ މަސައްކަތް ކުރުން.

17. ހަވާލުކުރެވިފައިވާ އެންމެހައި މަސައްކަތްތަކާ ބެހޭގޮތުން ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި، ރިޕޯޓުތައް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި، ފައިސާއާ ބެހޭގޮތުން ލިބޭ ސިޓީތަކާއި މެސެޖުތަކަށް ޖަވާބުލިޔެ ފޮނުވުމާއި، ފައިސާއާ ބެހޭގޮތުން ފޮނުވަންޖެހޭ ސިޓީއާއި މެސެޖު ފަދަ ތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެފަދަ ލިޔުންތައް ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 އޮގަސްޓު 3 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ގދ. ފިޔޯރީ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  މި  އިދާރާއިން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  www.csc.gov.mv  ގެ  ވެބްސައިޓުން   މި  ފޯމު  ޑައުންލޯޑްވެސް  ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއް ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރަތަކުން ދޫކޮށްފައިވަ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:                   

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %49)

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ %8)

- އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ %43)

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 7 އޮގަސްޓު 2016 އާއި 11 އޮގަސްޓު 2016 އާ ދެމެދު ފިޔޯރީ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:              

މި އިޢުލާނާ ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ގުޅާނީ، 6840008 ނަންބަރުގެ ފޯނާއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

13 ޝައްވާލް 1437

18 ޖުލައި 2016