ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
މުސާރަ: މަހަކު -/5020 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
އެހެނިހެން ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ވަޒީފާ އޮތް އޮފީސް: ނޭކުރެންދޫ މަދަރުސާ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން، ނޭކުރެންދޫ މަދަރުސާ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ލިޔެކިޔުމުގެގޮތުގައި ލިބޭ އެންމެހައި ތަކެތި އެންޓްރީކޮށް، ދުވަހުން ދުވަހަށް އިސްވެރިޔާއަށް ހުށަހެޅުން.
2- އެންޓްރީކުރެވިފައިވާ ތަކެތީގެ އަސްލާއި ކޮޕީތައް އެ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން.
3- ދަރިވަރުންގެ ރަޖިސްޓަރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި، ދަރިވަރުން ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
4- ސްކޫލުގެ ބެލެނިވެރިންގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
5- މުވައްޒަފުންގެ ޕާސަނަލް ފައިލް ތައްޔާރުކޮށް ތިރީގައިވާ ލިޔުންތައް ފުރިހަމަކޮށް ފައިލްކުރުން.
- ވަޒީފާއަށް އެދި ފޮނުވާ ސިޓީ.
- ވަޒީފާ ހަމަޖެއްސުމަށް ފޮނުވި ސިޓީ މެސެޖުގެ ކޮޕީ.
- ވަޒީފާ ދެއްވިކަން އެންގެވި ސިޓީ މެސެޖުގެ ކޮޕީ.
- އަލަށް ވަޒީފާ ހަމަޖެހުން މުވައްޒަފުންނަށް ވަގުތީގޮތުން ގެންގުޅެން ފެށިކަން ނުވަތަ ވަޒީފާ ދެއްވިކަން އަންގައި ފޮނުވި ލިޔުމުގެ ކޮޕީ.
- ވަޒީފާ ބަދަލުވާ މުވައްޒަފުންނަށް އެކަން އަންގައި ފޮނުވާ ލިޔުމުގެ ކޮޕީ.
- ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެކަން އަންގައި ފޮނުވާ ލިޔުމުގެ ކޮޕީ.
- ވަގުތީ މުވައްޒަފެއްނަމަ ދޫކޮށްލިކަން ނުވަތަ ވަޒީފާއިން ވަކިކުރެއްވިކަން އަންގައި ފޮނުވާ ލިޔުމުގެ ކޮޕީ.
- މުވައްޒަފުންގެ ސަލާމްސިޓީއާއި މެޑިކަލް ސެޓުފިކެޓު.
- މުވައްޒަފުންގެ ޗުއްޓީ ޗިޓް.
- މުވައްޒަފުންގެ ޕާސަނަލް ފައިލްގައި ފައިލްކުރުމަށް ސްކޫލުގެ އިސްވެރިޔާ ކަނޑައަޅުއްވާ ލިޔުންތަކުގެ ކޮޕީ.
6- ދަރިވަރުންގެ ޕާސަނަލް ފައިތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
7- ސްކޫލުގެ ޔައުމިއްޔާއާއި އިދާރީ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކޮށް ފައިލްކުރުން.
8- ސްކޫލް ބޯޑުގެ ލިޔެކިޔުންތައް ބެލެހެއްޓުން.
9- ސްކޫލުން ގެޔަށް ފޮނުވޭ ދަރިވަރުންގެ ލިޔެކިޔުންތަކާއި، އެ ދަރިވަރުން ގެޔަށް ފޮނުވުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
10- މުވައްޒަފުންގެ ބައްދަލުވުންތަކަށް ދަންނަވާ ނޯޓް ތައްޔާރުކުރުން.
11- ސްކޫލުގެ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.
12- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.
13- ރަސްމީ ބަޖެޓާއި، ސްކޫލުގެ އެހެނިހެން ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ލިޔެ ބެލެހެއްޓުން.
14- އިދާރީ ލިޔެ ކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ފައިސާއާބެހޭ ރިޕޯޓްތަކާއި ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.
15- ސްކޫލަށް ކުއްޔަށް ހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި އަނބުރާ ގެނައުމުން އެތަކެތި ބަލައިގަނެ އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
16- ސަޕޯޓް ސްޓާފުންގެ މަސައްކަތް ބެލެހެއްޓުން.
17- އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.
މަޤާމުގެ ޝަރުޠު:
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ކޮމްޕިއުޓަރުގެ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
- މުޢާމަލާތުކުރުމުގެ ހުނަރު.
އިންޓަވިއު ކުރުން:
ހ. މި މަޤާމުގެ އިންޓަވިއު އޮންނާނީ، 4 އޮގަސްޓު 2016 އާއި 9 އޮގަސްޓު 2016 އާ ދެމެދުގެ މުއްދަތުގައި ހދ. ނޭކުރެންދޫ ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ނޭކުރެންދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ނޭކުރެންދޫ މަދަރުސާގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 2 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނޭކުރެންދޫ މަދަރުސާގެ 6520528 ނަންބަރުގެ ފޯނަށް، ނުވަތަ 6520553 ނަންބަރުގެ ފޯނަށް ގުޅުން އެދެމެވެ.
8 ޝައްވާލް 1437