ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)328-HR/328/2016/36
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 01 އޮގަސްޓް 2016 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްންޓް އޮފިސަރ

މަޤާމުގެ ބާވަތް:

ވަގުތީ (1 އަހަރުދުވަހަށް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމްގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން:

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް، ކުރެންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ މުނާސަބަތުގައިދޭ ޚާއްޞަ އެލަވަންސްގެ ފައިސާ.

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހ' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- އިކޮނޮމިކް ޑިވެލޮޕްމަންޓް ޝެކްޝަނަށް ހުށަހެޅޭ މަސައްސަލަތައް ރެކޯޑްކޮށް ބެލެހެއްޓުމާއި، ހުށަހެޅޭ މައްސަލަތަކުގެ ރިޕޯޓު، ކަމާ ގުޅޭ ދާއިރާތަކަށް ފޮނުވުން.

- ޝެކްޝަނަށް ހުށަހެޅޭ ސިޓީއާއި، މެސެޖު ފަދަ ތަކެއްޗަށް ޖަވާބުދިނުން.

- ކައުންސިލް ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.

- ކުރެންދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ލިޔެކިޔުމާ ބެހޭގޮތުން ހޯދާތަކެތި ފިޔަވައި އެހެނިހެން ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދުމަށް ބޭނުންވާ ފޯމުތައް ތައްޔާރުކުރުމާއި، އެތަކެތި ހޯދައިދިނުމާއި، ތަކެތީގެ ސްޓޮކް ލިޔެ ބެލެހެއްޓުން.

- ކުރެންދޫ ބަނދަރު ބައްތިއާއި، އިޖުތިމާޢީ ސަރަހައްދަށާއި މަގުބައްތިތަކަށް ބޭނުންވާ ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދުމަށް ބޭނުންވާ ފޯމުތައް ތައްޔާރުކުރުމާއި، އެތަކެތި ހޯދުމާއި، އެތަކެތީގެ ސްޓޮކް ލިޔެ ބެލެހެއްޓުން.

- ރަށު ތަރައްޤީގެ ޕުލޭން، ކުރިއަށް އޮތް އަހަރަށް ތައްޔާރުކުރުމުގައި އެހީތެރިވުން.

- ސަރުކާރާއި ރައްޔިތުންގެ ރުއްގަސްތަކުގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

- އާސާރީ ތަންތަން ބެލެހެއްޓުމާއި، ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުމަށް އެހީތެރިވުން.

- މިސްކިތްތައް ބެލެހެއްޓުމުގައި އެހީތެރިވުން.

- ބިޑް ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި، ބިޑް އިވެލުއޭޝަން ކޮމިޓީގެ އެހީގައި ބިޑްތައް އިވެލުއޭޓްކުރުން.

- ޔުނިޓުގެ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.

- ކުރެންދޫގެ ވިޔަފާރިވެރިންނާ ގުޅުންހުރި މަސައްކަތްތައް ކުރުމާއި، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ކަންކަން ކުރުމުގައި އެހީތެރިވުން.

- އެކިއެކި މީސްމީހުންގެ ކުށުގެ ރެކޯޑް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ރަށުގެ އެކި ސަރަހައްދުތަކުގައި މަޢުލޫމާތު ބޯޑްތައް ޖެހުމާއި، އެތަކެތި ބެލެހެއްޓުމާއި، ތިމާވެށި ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.

- މަތީގައިވާ ކަންކަމުގެ އިތުރުން، ކައުންސިލްގެ އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- މަސައްކަތުގެ ތަޖުރިބާ.

2- ދާއިރާއާ ގުޅޭ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

4- ލާމަރުކަޒީ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވުން.

5- ސިވިލް ސަރވިސްގެ ޤާނޫނަށާއި، ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވުން.

6- މާލިއްޔަތާބެހޭ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވުން.

އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާނުކުރުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

2016 އޮގަސްޓު 1 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން، ފާދިއްޕޮޅު ކައުންސިލްގެ އިދާރާ (ޅ. ކުރެންދޫ)

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6620001 ނަންބަރުގެ ފޯނާއެވެ. ފެކްސް ނަންބަރަކީ، 6620001 އެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ.

12 ޝައްވާލް 1437

17 ޖުލައި 2016