ދިވެހިރާއްޖެ
އިޢުލާން
އެސްޓީއޯ ސ. ހުޅުމީދޫ ފިހާރައަށް ގެންދެވޭ ބަސްތާގައި ހުންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ކަމާލުކޮށްދޭނެ ފަރާތެއް ހޯދުން
އެސްޓީއޯ ސ. ހުޅުމީދޫ ފިހާރައަށް ގެންދެވޭ ބަސްތާގައި ހުންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ކަމާލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މުއްދަތު: 02 އަހަރުދުވަސް
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 04 ވަނަ ދުވަހު 10:00 ގެ ކުރިން އެސް.ޓީ.އޯ ސ. ހުޅުމީދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 އޮގަސްޓު 04 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 އޮގަސްޓު 07 ވަނަ ދުވަހު 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ސ. ހުޅުމީދޫ ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އޮގަސްޓު 11 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 އޮގަސްޓު 15 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޮގަސްޓު 21 ވަނަ ދުވަހު 1130 ގައި ސ. ހުޅުމީދޫ ފިހާރައިގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344196,3344262
ފެކުސް: 3344633
އީމެއިލް: [email protected]