މަސައްކަތް
ނަންބަރު: 60-ADM/2016/185
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 04 އޮގަސްޓް 2016 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހިތަދޫ ފިހާރަޔަށް މުދާ ކަމާލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

 އެސްޓީއޯ ސ. ހިތަދޫ ފިހާރައަށް ގެންދެވޭ ބަސްތާގައި ހުންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ކަމާލުކޮށްދޭނެ ފަރާތެއް ހޯދުން

އެސްޓީއޯ ސ. ހިތަދޫ ފިހާރައަށް ގެންދެވޭ ބަސްތާގައި ހުންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ކަމާލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މުއްދަތު:             02 އަހަރުދުވަސް

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 04 ވަނަ ދުވަހު 10:00 ގެ ކުރިން އެސް.ޓީ.އޯ ސ. ހިތަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 އޮގަސްޓު 04 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 އޮގަސްޓު 07 ވަނަ ދުވަހު 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ސ. ހިތަދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އޮގަސްޓު 11 ވަނަ ދުވަހުގެ 10:00  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 އޮގަސްޓު 15 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޮގަސްޓު 21 ވަނަ ދުވަހު 11:30 ގައި ސ. ހިތަދޫ ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   3344196,3344262

ފެކުސް:  3344633

އީމެއިލް: [email protected]  

19 ޖުލައި 2016