ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މަޤާމުގެ ރޭންކް: ޖީ. އެސް. 3 |
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: 1 (އެކެއް) |
|
ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ |
މުސާރަ: މަހަކު -/4465 ރުފިޔާ |
|
ވަޒީފާގެ ގިންތި: ދާއިމީ |
||
ވަޒީފާ އަދާކުރާ ސެކްޝަން: އެޑްމިނިސްޓްރޭޝަން ސެކްޝަން |
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް: މޮޅަދޫ ސްކޫލް/ ހއ. މޮޅަދޫ |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން. ށ- މުވައްޒަފުންގެ ޗުއްޓީގެ ރިކޯޑު ބެލެހެއްޓުން. ނ- މުވައްޒަފުންގެ ޕާރސަނަލް ފައިލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. ރ- ސްކޫލަށް ލިބޭ ސިޓީއާއި މެސެޖު ފަދަ ތަކެތި އެންޓްރީކޮށް ފައިލުކުރުން. ބ- އެކިއެކި އޮފީސްތަކަށާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ މަސައްކަތްކުރުން. ޅ- ފައިސާގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުން. ކ- އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން. އ- އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން. ވ- މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުން އަންގާ އެކިއެކި ކަންތައް ކުރުން. |
||
މަޤާމުގެ ޝަރުޠު: 1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަހުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން: - ތަޢުލީމާއި ތަމްރީން. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު. - މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު. |
||
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން: - މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއިޕްރެކްޓިކަލްސްއޮންނާނެ ތާރީޚާއި ތަނާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ. މި މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރަސްމީ އިދާރާއަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހުމަށްފަހު) ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މި މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2016 އޮގަސްޓު 4 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި ސްކޫލުގެ 6500561 ނަންބަރު ފޯނަށެވެ. ގުޅާނީ، ރަސްމީ ގަޑީގައެވެ. |
||
12 ޝައްވާލް 1437 |