ދިވެހިރާއްޖެ
އިޢުލާން
މަޤާމު: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު: 01
މަޤާމުގެ ރޭންކް: އީ.އެކްސް 3
ކްލެސިފިކޭޝަން : ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
މުސާރަ : މަހަކު -/11065 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
ވަޒީފާއޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ޑިވިޜަންގެ މަސްއޫލިއްޔަތުތައް ޑިވިޝަން ނުވަތަ ޔުނިޓް ލެވެލަށް ބައްސަވައި ޑިވިޜަންގެ މެންޑޭޓްގައި ހިމެނޭ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް ޑިވިޜަންގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެމުންދާކަން ޔަގީންކުރުން. އަދި ޑިވިޝަނުގެ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާކުރެވިފައިވާ ގޮތް ރިވިއުކޮށް ޕާމަނަންޓް ސެކްރެޓަރީގެ ލަފަޔާއެކު ގެންނަން ޖެހޭ އިޞްލާޙުގެނައުން
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްޝަންތަކާއި ދާއިރާގެ އެކިއެކި މަޤާމުތަކަށް އައްޔަން ކުރަންޖެހޭ މަޤާމުތަކުގެ ލިސްޓު ރިވިއުކޮށް ޕާމަނަންޓް ސެކްރެޓަރީގެ އިރުޝާދުގެ ދަށުން އެ މަޤާމަތަކަށް މީހުން ޢައްޔަންކުރުން. ޚާއްޞަކޮށް ރާއްޖެއިން ބޭރުން ހޯދަންގެ ޖެހޭ ޓީޗަރުން ފަދަ މަޤާމުތަކަށް، ހިނގަމުންދާ އަހަރު ނިމުމުގެ ކުރިން، ކުރިއަށް އޮތް އަހަރަށް ބޭނުންވާ މަޤާތަކަށް މުވައްޒަފުން ހަމަޖައްސައި އަލަށް ހަމަޖެހުނު މުވައްޒަފުންގެ އިސްޓް ސްކޫލްތަކަށް ފޮނުވުން.
- ކޮންމެ އަހަރެއްގެ ވެސް މާރިޗުމަސް ނިމުމުގެ ކުރިން ދާއިރާގެ އެކިއެކި މަޤާމުތަކުގައި ތިބި މުވައްޒަފުންނަށް އިތުރަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު އޮޅުންފިލުވައި ރިޕޯޓެއް ތައްޔާރުކޮށް ޕާމަނަންޓް ސެކްރެޓަރީގެ މަޝްވަރާގެ ދަށުން އެ މުވައްޒަފުންނަށް ތަމްރީން ދެވޭނެގޮތް ހަމަޖެއްސުން.
- ދާއިރާގެ މުވައްޒަފުންގެ ތެރެއިން ޕެއިޑް ލީވްގެ ގޮތުގައާއި ލޯނު ސްކީމްގެ ދަށުންނާއި އަދި ސްކޯލަރޝިޕްގެ ދަށުން ކިޔަވާކުދިންގެ ލިސްޓު ކޮންމެ ތިންމަހަކުން އަޕްޑޭޓްކޮށް، ކޯސް ނިމެން ތިން މަހަށް ވެފައިވާ ކުދިން ދެނެގަނެ އެ ކުދިން ވަޒީފާއަށް ނުކުންނާނެ ތާރީޚު ޔަގީންކޮށް، އެ ކުދިން ވަޒީފާއަށް ނުކުންނަން ހަމަޖެހިފައިވާ ތަނަކަށް އެންގުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްޝަންތަކާއި ޑިޕާޓްމަންޓުތަކާއި މަރުކަޒުތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިޔުމާއި އަދި މުވައްޒަފުންގެ ފެންވަރު ބެލުމުގެ ރިޕޯޓުތައް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވައި ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާކަން ޔަގީންކުރުން.
- ވަޒީފާ ދެއްވާ ޗިޓުތަކާއި ވަޒީފާއިން ވަކިކުރާ ޗިޓުތައް އަދި މުވައްޒަފުންގެ ރިކޯޑުތައް ބަރާބަރަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި އެ ރިކޯޑްތައް ބެލެހެއްޓެމުންދާކަން ކަށަވަރުކުރުން.
- އަލަށް އަންނަ ބިދޭސީ މުވައްޒަފުން އެއަރޕޯޓުން ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި އަލަށް އަންނަ އަދި ފުރާ ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ އެކޮމަޑޭޝަން އެންމެ ޚަރަދު ކުޑަގޮތަކަށް (އެކޮމަޑޭޝަންގައި ތިބެންޖެހޭ މުއްދަތު އެންމެކުރު ވާނެހެން)، ހަމަޖައްސައި ރިކޯޑް ބެލެހެއްޓެމުންދާކަން ޔަގީންކުރުން.
- ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހުށަހެޅޭ ވަޒީފާއާގުޅޭ މައްސަލަތަކަށް ކޮމިޓީން ނިންމާ ނިންމުމާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވަޒީފާއާބެހޭ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް، ވީހާވެސް ޚަރަދު ކުޑަ، ލުއި ފަސޭހަގޮތަކަށް، އަވަސް ޚިދުމަތްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުސޫލުތައް އެކުލަވައިލައި، ޢަމަލުކުރަމުން ގެންދިޔުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް ޑިވިޜަންގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން، ކަމާގުޅޭ ޤާނޫނުތަކާއި، ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކާ އެއްގޮތަށް ޕާމަނަންޓް ސެކްރެޓަރީގެ ލަފަޔާއެކު ހިންގުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް ޑިވިޜަންގައި ބޭނުންކުރާ މުދަލާއި ފައިސާއާއި އެނޫންވެސް ވަސީލަތްތައް ބޭނުން ކުރެވެމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކޮށް، އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް ޑިވިޜަންގެ އެންމެހައި ކަންކަން ތަރައްޤީކުރުމަށް މަސައްކަތްކުރުމާއެކު ކުރިއަށް ދިޔުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަށް ރިސޯސް ޑިވިޜަންގެ މަސައްކަތާ ގުޅޭގޮތުން ޖަވާބުދާރީވާން ޖެހޭ އެންމެހައި ފަރާތްތަކަށް ޖަވާބުދާރީވުން.
14. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް ޑިވިޜަންގެ އަހަރު ރިޕޯޓު ކޮންމެ އަހަރެއް ނިމުމުން ތައްޔާރުކުރަން ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް ތައްޔާރުކޮށް، ހުށަހަޅަން ކަނޑައެޅިފައިވާ ފަރާތަކަށް ހުށަހެޅުން.
ޝަރުތު:
- ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަރވިއު ކުރުން އަދި ޕްރެޒެންޓޭޝަން ހުށަހެޅުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 03 އޮގަސްޓު 2016 އާއި 20 އޮގަސްޓު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއި އީ.މެލް އެޑްރެހާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 02 ވަނަ ދުވަހުގެ 13:30 ގެ ކުރިން.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 ފޯނަށް ގުޅުއްވުން އެދެމެވެ.
13 ޝައްވާލް 1437