ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)460/460/2016/14
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 15 އޮގަސްޓް 2016 14:00
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
މަޢުލޫމާތު ހާމަކުރުމުގެ ރަންވަނައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

އިޢުލާން

ޤާނޫނު ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ދައުލަތުގެ އިދާރާތަކުން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން ވީހާވެސް ގިނައިން މަޢުލޫމާތު އާންމުކުރުމަށް ހިތްވަރުދިނުމަށާއި ހަވާލާ ދެވުނު ޤާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފަސޭހަކަމާއެކު މަޢުލޫމާތު ލިބޭނޭ ގޮތަށް ބެލެހެއްޓުމަށް ބާރުއެޅުމަށްޓަކައި "މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" ހޮވައި، މަޢުލޫމާތު ހާމަކުރާ މިންވަރަށް ބަލައިގެން ދައުލަތުގެ އިދާރާތައް ދަރަޖަކުރާން މި އޮފީހުން ވަނީ ނިންމާފައެވެ.

މިގޮތުގެ މަތީން "މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" އަށް ކުރިމަތިލުމަގެ ފުރުޞަތުގެ ދައުލަތުގެ އިދާރާތަކަށް ހުޅުވައިލައި މިކަން އާންމުކޮށް އިޢުލާން ކުރަމެވެ.

ވީމާ، މި ވަނައަށް ކުރިމަތިލައްވަން ބޭނުންފުޅުވާ އިދާރާތަކުން މި އިޢުލާނާއެކު މިވާ، ފޯމު ފުރިހަމަކުރައްވައި އެ އިދާރާއެއްގެ ރަސްމީ ތައްގަނޑު ޖެއްސެވުމަށްފަހު ފޯމު  2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.

 

18 ޖުލައި 2016