ދިވެހިރާއްޖެ
އިޢުލާން
މި ސެންޓަރުގެ މަރާމާތުގެ މަސައްކަތްތައްކުރުމާ ބެހޭ
މި ސެންޓަރުގެ ތީރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ވޯކްޝޮޕް ހުންނަ އިމާރާތުގެ ފުރާޅަށް އެރުމަށްޓަކައި ދަގަނޑުން ހަރުގަނޑެއް ހަރުކުރުން
- މި ސެންޓަރުގެ އަންހެން ފާޚާނާގެ މުށި ބަދަލުކުރުމުގެ މަސައްކަތްކުރުން
- ޖީ.އެމް.ޑީ.އެސް.އެސް ރޫމްގެ ފުރާޅުން ފެން ލީކްވާ މައްސަލަ ހައްލުކުރުމާއި، ސީލިންގ އިން ފެންލީކުވެފައިވާ ހިސާބުގައިވާ ސީލިންގ ފިލާ ބަދަލުކުރުން
- މި ސެންޓަރުގައި ހަރުކޮށްފައިވާ ފެން މޯޓަރު ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
- ގޯތިތެރޭގައި ހުރި ކޮންޕައުންޑްގެ އޭރިޔާގެ ފުރާޅުގެ ދިޔަދޮވި ހަލާކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް
- ސިމިއުލޭޓަރ ރޫމުގެ ދޮރުފޮތި ބަދަލުކުރުން.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ވިލިނގިލީ އަވަށުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
ތަފުސީލު |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
25 ޖުލައި 2016 |
11:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
02 އޮގަސްޓު 2016 |
11:00 |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މަރުކަޒުގެ 3390681 ނުވަތަ 3396761 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
12 ޝައްވާލް 1437