މަސައްކަތް
ނަންބަރު: Gs-163/2016/15
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 20 ޖުލައި 2016 13:00
ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
ހަދަމުންދާ ފާޚާނާބަރީގައި ނުނިމިހުރި މަސައްކަތްތައް ކުރުމާގުޅޭ

އިޢުލާން

ސްކޫލުގައި ހަދަމުންދާ ފާޚާނާބަރީގައި ނުނިމިހުރި މަސައްކަތްތައް ކުރުމާގުޅޭ

މި ސްކޫލުގެ ފާޚާނާބަރީގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް 4 މޭ 2016ގައި ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.  

މި ސްކޫލުގައި ހަދަން ފަށާފައިހުރި ފާޚާނާބަރީގައި ނުނިމިހުރި ބައެއް މަސައްކަތްތައް، މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ދިނުމުންް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 20 ވާ ބުދަަ ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިއުމަންޓުގެ ގޮތުގައި ހުށަހަޅަންޖެހޭ ލިޔުންތައް:

  • ކުންފުންޏަކުންނަމަ:

- ކުންފުނީގެ ޕްރޮފައިލް.

- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ.

- އަހަރީރިޕޯޓް ހުށަހެޅުމުން އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ލިޔުން.

- ފުރިހަމަ ކޮށްފައިވާ ބީލަން ހުށަހަޅާ ފޯމު.

- މަސައްކަތުގެ ތަފުސީލީ ޚަރަދު އެނގޭނޭ ލިޔުމެއް.

  • އަމިއްލަ ފަރުދެއްނަމަ:

- ފުރިހަމަ ކޮށްފައިވާ ބީލަން ހުށަހަޅާ ފޯމު.

- މަސައްކަތުގެ ތަފުސީލީ ޚަރަދު އެނގޭނޭ ލިޔުމެއް.

- ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް.

- ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

12 ޝައްވާލް 1437

17 ޖުލައި 2016