މަސައްކަތް
ނަންބަރު: (IUL)438-AU/1/2016/123
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި:
31 ޖުލައި 2016 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރަޖިސްޓްރީ ނަންބަރު B1A7323 ކާރު މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް
އިޢުލާން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރަޖިސްޓްރީ ނަންބަރު B1A7323 ކާރު މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނު ނަމްބަރު.(IUL)438-AU/1/2016/107 )27 ޖޫން 2016) ޢިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުގެވެރިކަން ފާޅުކޮށްފައި ނުވާތީވެ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެދަށުން 11 ފެބްރުއަރީ 2009ގައި ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދަށް 31 އޮކްޓޯބަރ 2010ގައި އިތުރުކުރެވުނު "ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް"ގެ ދަށުންނެވެ.
- ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
- މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މައުލޫމާތު ޝީޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގެ ވެބް ސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ޔުނިޓްއަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.
- ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 31 ޖުލައި 2016 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ގެ ބައްދަލުކުރާ ކޮޓަރީ ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.
- ބަންދުކުރެވިފައިވާ ބީލަންތައް 31 ޖުލައި 2016 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަންހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ޙާޟިރުގައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
18 ޖުލައި 2016