މަސައްކަތް
ނަންބަރު: (IUL)142-A1/1/2016/98
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި:
31 ޖުލައި 2016 11:30
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ ސިޓީގެ 27 މިސްކިތެއް ފޮޅައި ސާފުކުރުމުގެ މަސައްކަތާއި، ސެކިއުރިޓީ ބެލެހެއްޓުން އަދި ކުދި ކުދި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ
އިޢުލާން
މާލެ ސިޓީގެ 27 މިސްކިތެއް ފޮޅައި ސާފުކުރުމުގެ މަސައްކަތާއި، ސެކިއުރިޓީ ބެލެހެއްޓުން އަދި ކުދިކުދި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 ފޯނަށެވެ.
12 ޝައްވާލް 1437
17 ޖުލައި 2016