ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/132
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 04 އޮގަސްޓް 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިލެކްޓްރީޝަން

މަޤާމް :އިލެކްޓްރީޝަން
ބޭނުންވާ އަދަދު :4

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އައްޑޫ ސިޓީގެ ރަށްތަކުގެ މަގުމަތީ ބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ތިރީގައިމިވާ މަޤާމުތަކަށް ކޮންޓްރެކްޓް އުސޫލުން މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

އިލެކްޓްރީޝަން

ބޭނުންވާ އަދަދު:

- ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ މަގުމަތީ ބައްތި މަރާމާތުކުރުމަށް 2 (ދޭއް) މީހުން.

- ހުޅުމީދޫގެ މަގުމަތީ ބައްތި މަރާމާތުކުރުމަށް 2 (ދޭއް) މީހުން.

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/5020 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

-  އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް، ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ކޮންޓްރެކްޓުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މަގުމަތިން ދިއްލަންޖެހޭ ދިއްލުންތައް ދިއްލުމަށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ކުރުން.

2. އަންޑަރ ގްރައުންޑާއި، މަތިން އަޅަންޖެހޭ ކޭބަލްތައް އެޅުމުގެ މަސައްކަތް ކުރުން.

3. ބައްތި ދަނޑިތަކުގައި ހަރުކުރަންޖެހޭ ޓިއުބްލައިޓާއި، ސޯޑިއަމް ލައިޓްތަކާއި، ސޯލާ ލައިޓްތައް ހަރުކުރުމާއި ދިއްލުމުގެ މަސައްކަތް ކުރުން.

4. ބައްތި  ދަނޑިތަކުގައި ހަރުކުރަންޖެހޭ ފޮޓޯސެލް ސުވިޗްތައް ހަރުކުރުމާއި، ސްވިޗްތަކާ ގުޅޭ ލައިޓްތައް ދިއްލުމުގެ މަސައްކަތް ކުރުން.

5. އަލަށް ޖަހަންޖެހޭ ބައްތިތައް ޖެހުމަށް ކުރަންޖެހޭ އެންމެހައި ޓެކްނިކަލް މަސައްކަތް ކުރުމާއި، ލައިޓްތަކަށް ކޭބަލްއަޅައި، ކަރަންޓުދީ ދިއްލުމުގެ މަސައްކަތް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

-  މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ،

  • މާލޭގައިނަމަ،  މިނިސްޓްރީ  އޮފް  ހައުސިންގ  އެންޑް  އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.
  • އައްޑޫ ސިޓީގައިނަމަ، ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް ސ. ހިތަދޫ އަދި ސ. ހުޅުމީދޫގެ ކައުންޓަރަށެވެ.

-  ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 އޮގަސްޓު – ސެޕްޓެންބަރުމަހުގެ ތާރީޚެއްގައި އައްޑޫ ސިޓީގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް، ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 ޝައްވާލް 1437

17 ޖުލައި 2016