ކުއްޔަށް ހިފުން
ނަންބަރު: (IUL)GS118/2016/28
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 21 ޖުލައި 2016 13:00
ފޮއްދޫ ސުކޫލް ނ. ފޮއްދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ.

މި ސްކޫލުގެ ނަންބަރު (IUL) GS118/2016/25 އިޢުލާނާ ގުޅިގެން 3 ފަރާތަށްވުރެ މަދުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

2016 ޖުލައިމަހުން ފެށިގެން 31 ޑިސެންބަރު 2016 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 07 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން ކުއްޔަށް ދެއްވާނެ އަގު އެނގޭނެހެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީ ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

ކުށްޔަށް ދޫކުރާ ގޭގައި މިދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.

  • ގޭގެ ދިއްލުންތަކާއި ފަންކާ އަދި ފެންނަގާ ޕަމްޕު ފަދަ އަސާސީ އިލެކްޓްރިކު ފިޓިންގްސް އާއި މިދެންނެވުނު ފަދަ އަސާސީ އެންމެހައި ތަކެތި.
  • ފެންނަގާ ވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން. އަދި ފެންވަރާ ފެނުގައި އެއްވެސް ބާވަތެއްގެ ތަޣައްޔަރުކަމެއް ހުރިނަމަ އެކަން ހުންނަންވާނީ ޙައްލުވެފައެވެ.
  • ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ފަސޭހަތައް.
  • ހުސްވަގުތު އިށީނދެ ތިބުމަށާއި ލިޔެކިޔުމުގެ ކަންކަންތައްތައް ކޮށްއުޅުމަށް ބޭނުންވާ ސާމާނު.
  • ދަތިނުވެ 2 މީހަކަށް ނިދައި އުޅެވޭނެ ފަރުނީޗަރާއި އެހެނިހެން ސާމާނު.
  • ސްކޫލާ ކައިރި އަދި ފަސޭހައިން، އިތުރު ބަޔަކާ އެއްނުވާގޮތަށް ވަދެނިކުމެވޭގޮތަށް ހުރުން.

މިދެންނެވި ޚިދުމަތްތައް ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއްނެތި އެ ޚިދުމަތް ލިބެން ހުންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށް 6560570 / 6561807 ނަންބަރު ފޯނާއެވެ.                                                                  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޝައްވާލް 1437

18 ޖުލައި 2016