މަސައްކަތް
ނަންބަރު: GS-31/2016/11
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 31 ޖުލައި 2016 11:00
ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓުސޯސް ކުރުމާގުޅޭ

މި މަދަރުސާގެ ނަންބަރު: GS-31/2016/10 (24 މޭ 2016) ގެ އިޢުލާނާ ގުޅިގެން ސެކިޔުރިޓީގެ މަސައްކަތް ޙަވާލުކުރި ފަރާތުން އެމަސައްކަތް ދޫކޮށްލައްވާފައިވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އޮންނާނެއެވެ. އަދި 2016 އޮގަސްޓު 10 ވާ ބުދަަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މަދަރުސާގެ އޮފީހަށް ދުރުވެދެއްވުމަށް ދަންނަވަމެވެ.

އަދި މި މަސައްކަތަށް ކުރިމަތިލެވޭނީ ހަމައެކަނި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

ސެކިއުރިޓީ ބެލެހެއްޓުން ހަމަޖައްސާނީ އެގްރީމެންޓު ކުރާ ތާރީޚުން ފެށިގެން 2016 ޑިސެންބަރު 31 ގެ ނިޔަލަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

13 ޝައްވާލް 1437 

18 ޖުލައި 2016