ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކޯޓުގެ މީޑިއޭޓަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 12 މޭ 2016 ގައި ކޮށްފައިވާ ނަންބަރު 146A1/2016/123 ގެ އިޢުލާނާ ގުޅިގެން، އެ މަޤާމުގެ ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައިއަލުން އިޢުލާން ކުރަމެވެ.
| 
 މަޤާމް:  | 
 މީޑިއޭޓަރ  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޑެޕިއުޓީ ޑިރެކްޓަރ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެމް. އެސް. 4  | 
| 
 މަސައްކަތްކުރަންޖެހޭ ތަން:  | 
 ފެމިލީކޯޓު / އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭބައި  | 
| 
 އަސާސީ މުސާރަ:  | 
 މަހަކު -/7،875 ރުފިޔާ  | 
| 
 
 އެލަވަންސްތަކާއި ޢިނާޔަތްތައް:  | 
 - ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ. - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ. - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40 (މަހަކު) - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.  | 
| 
 އަސާސީ ޝަރުޠު:  | 
 މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން އެމް. އެސް. 3 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  | 
| 
 
 
 
 މަޤާމުގެ މަސްއޫލިއްޔަތު: 
 
 
 
  | 
 - ޞުލްޙަވެރިވުމަށް އަންނަ ފަރާތްތަކުގެ މެދުގައި ހުރި މައްސަލަތައް ދެނަގަތުމުގައި އެފަރާތްތަކާ އެއްކޮށް ނުވަތަ ވަކިވަކީން ބައްދަލުކޮށް ޞުލްޙަވެރިކުރުވުން. - ދެފަރާތުން ފާޅުކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ޞުލްޙަވެރި ޙައްލަކަށް އާދެވިދާނެ ގޮތްތަކާމެދު ލަފާދީ، އެކަންކަމާ މަޝްވަރާކުރުން. - މައްސަލަތައް ޙައްލުކުރުމުގައި އެ މައްސަލައެއް ޙައްލުވާންހުރި ހުރިހާ މަގުތަކެއް ހޯދައި، އެކަންތަކުގެ މައްޗަށް ބިނާކޮށް އެންމެ ފައިދާކުރަނިވި ރަނގަޅު ނިންމުމަކާ ހަމައަށް ދިއުމަށް ޞުލްޙަބައިން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް އެހީތެރިވެދިނުން. - ޞުލްޙަ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކާއި، މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި އެއްބަސްވެވޭ ކަންކަމުގެ ޚުލާޞާ، ލިޔުމުން ތައްޔާރުކުރުން. - މީގެ އިތުރުން، ވަޒީފާ ބަޔާނުގައި ހިމެނިފައިނުވިނަމަވެސް، ހާލަތު ނިޔާކުރާގޮތުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.  | 
| 
 
 
 
 
 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:  | 
 - އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން. - މުޢާމަލާތުކުރުމުގެ ހުނަރު. - އެޓިޓިއުޑް. . - ދިވެހިބަހުން ތަކެތި ލިޔުމާއި ޖުމްލަ ހަމަޖެއްސުމުގެ ހުނަރު. - ރިޕޯޓް ލިޔުމުގެ ހުނަރު. - ވާހަކަދެއްކުމުގެ ހުނަރު. - ޓީމް ވޯކް. - އިސްނެގުން. - މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މިންވަރު. - ދީނީ ނަސޭޙަތްދިނުމުގެ ހުއްދަ އޮތުން.  | 
| 
 
 
 
 
 
 
 ހުށަހަޅަންޖެހޭ ތަކެތި:  | 
 - ވަޒީފާއާ އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލުން މަތީ ސެޓުފިކެޓުތައް ހުށަހަޅަންވާނީ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެ އަހަރުދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ. - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލްކުރެވޭނެއެވެ. ނޯޓު: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.  | 
| 
 ސުންގަޑި:  | 
 01 އޮގަސްޓު 2016 ގެ 14:00 ގެ ކުރިން  | 
| 
 
 
 އިތުރު މަޢުލޫމާތު:  | 
 - މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.  | 
| 
 9 ޝައްވާލް 1437  | 
|