ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HRD/434/2016/24
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 31 ޖުލައި 2016 13:30
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް ވޯރކަރ، ކައުންސެލަރ އަދި އެސިސްޓެންޓް ކައުންސެލަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ސޯޝަލް ސަރވިސް ވޯރކަރ
ބޭނުންވާ އަދަދު :1

މަޤާމު

ސޯޝަލް ސަރވިސް ވޯރކަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާރޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ހާފްވޭ ހައުސް (ހުޅުމާލެ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފަރުވާހޯދާ ފަރާތްތަކުގެ ޢާއިލާތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

  2. މުޖްތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ހިންގޭ އެކިއެކި ހަރަކާތްތައް ރާވައި ހިންގުން.

  3. ކައުންސިލަރުންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

  4. އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

  5. ކްލައިންޓުންގެ އެސެސްމަންޓް ހެދުން.

  6. ކްލައިންޓުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތައް ރާވައި އެ މަސައްކަތުގައި އެހީތެރިވެދިނުން.

  7. ކޮމިއުނިޓީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ސެކްޝަނާ ހަވާލުވެ ހުންނެވި ފަރާތަކާ މަޝްވަރާކޮށްގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

  8. މަސްތުވާތަކެއްޗާއި ގުޅުންހުރި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކުގެ ޕްރޮގްރާމާއި ޙަރަކާތްތަކުގެ މަސައްކަތްކުރުން.

  9. ކްލައިންޓުންނަށް ހިންގޭ ކްލާސްތައް، މޮޑިފައިކޮށް، މޮނިޓަރކޮށް އަދި ގެންނަންޖެހޭ ބަދަލުތައް ގެނެސް މޮނިޓަރކުރުން.

  10. ސެކްޝަންގެ އެކްޝަން ޕްލޭން ތައްޔާރުކޮށް އަދި އޭގައިވާ ސެމިނާ، ވާރކްޝޮޕް ފަދަ ކަންކަން އޭގައިވާގޮތަށް ރާވައި ހިންގުން.

  11. ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓުތަކުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  1. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީ  ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  4. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމް :ކައުންސެލަރ
ބޭނުންވާ އަދަދު :1

މަޤާމު

ކައުންސެލަރ 

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ / ސ. ހިތަދޫ (ކްލިނިކަލް ސަރވިސަސް ޔުނިޓް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޓްރީޓްމެންޓް ސެންޓަރުތަކުން ނުކުންނަ ކްލައިންޓުންނަށާއި ބެލެނިވެރިންނަށް ޑްރަގް ޓްރީޓްމެންޓް އެންޑް ރިހަބިލިޓޭޝަން ސެންޓަރުން ދޭންޖެހޭ ކްލިނިކަލް ޚިދުމަތްތަށް ރާވައި ހިންގުން.
  2. ކްލައިންޓުންގެ ފައިލުތައް އަޕްޑޭޓް ކުރުމާއި ރިކޯޑްތައް ބެލެހެއްޓުން.
  3. ކްލައިންޓުންގެ ޕްރޮގްރެސް ރިޕޯޓް ތައްޔާރުކޮށް ޤާނޫނީ ކޮމެޓިއަށް ހުށަހެޅުން
  4. ޑިޓޮކްސިފިކޭޝަން ސެންޓަރ އަދި ކޮމިއުނިޓީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ދަނެގަނެ، ސެކްޝަން ހަވާލުވެ ހުންނެވި ފަރާތަކާއި މަޝްވަރާކޮށްގެން ހިންގުން.
  5. މަސްތުވާތަކެއްޗާ ގުޅުންހުރި ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާއި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  6. ކްލިނިކަލް ކަންތައްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  1. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކައުންސެލިންގ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ                                                 
  2. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ 
  3. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
މަޤާމް :އެސިސްޓެންޓް ކައުންސެލަރ
ބޭނުންވާ އަދަދު :1

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  (ޖީ. އެސް 4)

މަޤާމުގެ ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

ސްޕެޝަލް ޑިއުޓީ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާރޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ (ކޮމިއުނިޓީ ސަރވިސް އެންޑް އާފްޓަރ ކެއަރ ސެންޓަރގެ މެތަޑޯން މެއިންޓަނަންސް ޕްރޮގްރާމް ޔުނިޓް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިންޑިވިޖުއަލް އަދި ފެމިލީ ކައުންސެލިންގ ސެޝަންތައް ނެގުން ކްލައިންޓަކު ޓްރީޓްމަންޓުގައި ހުރި މަރުހަލާއަށް ކަނޑައެޅިފައިވާ މިންވަރަށް އިންޑިވިޖުއަލް ކައުންސެލިންގ ސެޝަން ނެގުން.
  2. ދުވަހުން ދުވަހަށް ފުރަންޖެހޭ ފޯމުތައް ފުރިހަމަ ކުރުން (ކޭސް ހިސްޓްރީ ފޯމް، ނަގާ ކޮންމެ ކައުންސެލިންގގެ ސެޝަނެއްގެ ސެޝަން ނޯޓްސް ލިޔުން، ކްލައިންޓް ސެޝަނަށް ހާޒިރުވާ ޝީޓްގައި ސޮއިކުރުވުން) އަދި ގަވާއިދުން (ޑްރަގް ކޯޓުގެ އަމުރާ އެއްގޮތަށް) ރިޕޯޓު ފޮނުވުމާއި ކޮމިޓީތަކަށް ފައިލު ހުށަހެޅުން.
  3. ސައިކޮސޯޝަލް ޕްރޮގްރާމްގެ ކްލާސްތައް ހިންގުން/ ފެސިލިޓޭޓް ކުރުން.
  4. ކްލިނިކްއިން ހިންގާ ކްލާސްތައް ފިޔަވައި އެހެނިހެން ކްލާސްތައް މޮނިޓަރކުރުން.
  5. ޑިޕެންޑެންސީ އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމާއި ކަނޑައެޅިފައިވާ ދުވަހަށް ޑްރަގް ކޯޓަށް ފޮނުވުން.
  6. ޑިއުޓީ ރޯސްޓަރގައިވާ ގޮތުގެ މަތިން ބަންދު ދުވަސްތަކުގައި ޑިއުޓީއަށް ހާޒިރުވުމާއި އަދި ޑިއުޓީ ގަޑިއަށް އޮފީސް ހުޅުވައި ލެއްޕުން.
  7. މެތަޑޯން ފަރުވާގައި ތިބޭ ކްލައިންޓުން ޕޮލިހުގެ ހައްޔަރަށް ގެންދެވިއްޖެނަމަ، ބޭސް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން (ޕޮލިހަށް ސިޓީފޮނުވުން، ބޭސް ގެންދިޔުމުގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުން، ނަރުހަކާއެކު ބޭސްދިނުމަށް ޕޮލިހަށް ދިޔުން).
  8. އެކްޝަން ޕްލޭންގެ ދަށުން ހަވާލުކުރެވޭ މަސައްކަތްކުރުމާއި އެކަމާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠު

ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން  .

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު ލިޔުން)
  3. ކައުންސެލަރ އަދި އެސިސްޓެންޓް ކައުންސެލަރ މަޤާމުތަކަށް ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހެލްތުގެ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ (ކައުންސެލިންގ ޕްރެކްޓިސް ކުރުމުގެ ލައިސަންސް) ލިޔުން ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅުއްވާ ފަރާތްތަކުން ކައުންސެލަރ އަދި އެސިސްޓެންޓް ކައުންސެލަރގެ މަޤާމަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
  4. ސޯޝަލް ސަރވިސް ވޯރކަރ މަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހެލްތުގެ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ (ސޯޝަލް ސަރވިސް ވޯރކަރ ލައިސަންސް) ލިޔުން ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅުއްވާ ފަރާތްތަކުން ސޯޝަލް ސަރވިސް ވޯރކަރ މަޤާމަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
  5. ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  8. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  9. ވަޒީފާގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  10. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސްކްރީނިންގ

  • އިޢުލާނުގައި ހުށަހަޅަންޖެހޭ ލިޔުންތައް މި ބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން
  • މަޤާމުގެ އަސާސީ ޝަރުޠައްވާ ތަޢުލީމީ ފެންވަރު ހަމަވުން.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން. (އެޕްލިކޭޝަން ފޯމު، ވަނަވަރު، އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިންމު ލިޔެކިޔުންތައް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061އެވެ. ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިއެޖެންސީގެ ވެބްސައިޓް www.nda.gov.mv)) އަދި ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

14 ޖުލައި 2016