ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހޯދުމަށް
މި އިދާރާގެ ވޭން އޯވަރހޯލްކުރުމާއި ދަވާދު އައުކުރުން
މި އިދާރާގެ ވޭން ފުލް އޯވަރހޯލްކުރުމާއި ދަވާދު އައު ކުރުމާއި ވޭންގައި ކުރަންހުރި އެހެނިހެން މަރާމާތުތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)249-B/249/2016/91 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 04 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުންމަށްފަހު 2016 އޮގަސްޓު 14 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުއްވުމުގައި ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައިގަނެވެން ނެތްވާހަކަ ދަންނަވަމެވެ.
މާކްސް ދެވޭނެ ގޮތުގެ ތަފުސީލު
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ފޯމިއުލަރ |
އަގު |
80% |
ހުށަހެޅިފައިވާ އެންމެ ކުޑައަގު |
އަންދާސީހިސާބު ހުށަހެޅި އެންމެ ކުޑައަގު / ހުށަހެޅި އަގު %80 |
މުއްދަތު |
15% |
މަސައްކަތް ކުރުމުގެ އެންމެ ކުރު މުއްދަތު |
އަންދާސީހިސާބުގައި ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު % 15 |
ތަޖުރިބާ |
5% |
ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު |
މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ކޮންމެ ލިޔުމަކަށް 2.5 ޕޮއިންޓް / ޕޮއިންޓް ދޭނީ ގިނަވެގެން 02 މަސައްކަތަށް |