މަސައްކަތް
ނަންބަރު: (IUL)426-AA/426/2016/171
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 24 ޖުލައި 2016 11:30
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ލައިޓް ހަރުކޮށް ކަރަންޓު ގުޅައި ދިއްލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އައްޑޫސިޓީގެ މީދޫއަވަށުގެ ފުޓްބޯޅަދަނޑުގައި ލައިޓް ހަރުކޮށް ކަރަންޓު ގުޅުމުގެ މަސައްކަތް

އައްޑޫސިޓީގެ މީދޫއަވަށުގެ ފުޓްބޯޅަދަނޑުގައި ލައިޓް ހަރުކޮށް ކަރަންޓު ގުޅައި ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)426-AB/426/2016/118 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މިއިޢުލާން ބާޠިލުކޮށް، މިފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުން އޮންނާނީ، 2016 ޖުލައި 24 ވާ އާދީއްތަދުވަހުގެ ހެނދުނު 11:30 ގައި އައްޑޫސިޓީގެ މީދޫއަވަށުގެ އޮފީހުގައާއި، މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ. މީދޫއަވަށުގެ އޮފީހުން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، މީދޫއަވަށު އޮފީހަށެވެ. މި އިދާރާއިން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މި އިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2016 އޮގަސްޓު 01 ވާ ހޯމަދުވަހުގެ 11:00 އެވެ.

މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެނޭނެވާހަކަ ދެންނެވީމެވެ.

08 ޝައްވާލް 1437

13 ޖުލައި 2016