ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)142-A1/1/2016/101
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 31 ޖުލައި 2016 09:30
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް 2 ވީޑިއޯ އެޑިޓިންގ ސިސްޓަމެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއަށް 2 ވީޑިއޯ އެޑިޓިންގ ސިސްޓަމެއް ހޯދަން ބޭނުން ވެގެން ކުރެވުނު ނަންބަރު (IUL)142-A1/1/2016/75 އަދި IUL)142-A1/1/2016/83) އިޢުލާނުން ދެ ފަހަރު އިޢުލާން ކުރުމުން ދެވަނަ ފަހަރަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް މާ ބޮޑުކަމަށް ފެންނާތީ އެ އަންދާސީހިސާބު ބާޠިލުކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 09:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 09:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 އަށެވެ.

12 ޝައްވާލް 1437

17 ޖުލައި 2016