މަސައްކަތް
ނަންބަރު: (IUL)333/333/2016/41
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 25 ޖުލައި 2016 11:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗް އަދި ލެވެލިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ސްޕޯޓްސް އެރީނާގެ ދަށުން ކ.ތުލުސްދޫގައި އަޅާ ފުޓްސެލްދަނޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވުމާއެކު، ދެވަނަ ފިޔަވަހީގައި ހިމެނޭ ފުޓްސެލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗް އަދި ލެވެލިންގގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ގެންގުޅޭ މިންގަނޑަށް، އެމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 11:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކޮންފަރެންސްހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 08 ވާ ހޯމަ ދުވަހުގެ 11:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކޮންފަރެންސްހޯލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

08 ޝައްވާލް 1437

13 ޖުލައި 2016