ދިވެހިރާއްޖެ
| 
 ވަޒީީފާގެ ފުރުޞަތު  | 
| 
 މަޤާމު:  | 
 ޕްރިންޓަރ  | 
 ބޭނުންވާ އަދަދު:  | 
 01 (އެކެއް)  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސަޕޯޓް ސްޓާފް ގްރޭޑް 3  | 
 ރޭންކް:  | 
 އެސް.އެސް 3  | 
| 
 މަޤާމުގެ އަސާސީ މުސާރަ:  | 
 މަހަކު -/3,875 ރުފިޔާ  | 
||
| 
 ސާރވިސް އެލަވަންސް:  | 
 މަހަކު -/1,000 ރުފިޔާ  | 
||
| 
 ވަޒީފާއޮތް އޮފީސް:  | 
 އަބޫބަކުރު ސްކޫލް  | 
||
| 
 ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:  | 
 އެޑްމިން ސެކްޝަން، އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ  | 
||
| 
 ގިންތި:  | 
 ދާއިމީ  | 
||
މަޤާމުގެ ޝަރުޠު:
ވަޒީފާގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.
- 
މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 - 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
 
މަޤާމާ ގުޅޭ ދާއިރާތައް:
- އިންފޮމޭޝަން ޓެކްނޮލޮޖީ
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ޕްރިންޓް ކުރަންޖެހޭ ތަކެތި ޕްރިންޓްކުރުން.
- ޕްރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލުކޮށް ބެލެހެއްޓުން.
- ޕްރިންޓްކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސާރވިސްކުރުވައި ބެލެހެއްޓުން.
- ޕްރިންޓްކުރުމަށް ބޭނުންވާ ކަރުދާސް ދެލި ފަދަ ތަކެތި ދުރާލައި ހޯދުން.
- ޕްރިންޓް ރޫމް ސާފުކުރުވައި ތަރުތީބުކޮށް ބެލެހެއްޓުން.
- ހަވާލުކުރެވޭ ތަކެތި ލެމިނޭޓްކުރުމާއި ބައިންޑްކުރުން.
- ސުކޫލުން ހަވާލުކޮށްފައިވާ މަސައްކަތްތައް ސުކޫލަށް ދަތިނުވާނޭ ގޮތަކަށް އަދި ސުކޫލަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތްތައް ރާއްވަވައިގެން ކުރެއްވުން.
- ސުކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ސުކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން.
- ސުކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުމާއި އަދި އެފަދަ ޙަރަކާތްތަކުގައިވެސް ގަޑިއަށް ސަމާލުކަން ދެއްވުން.
- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސުކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު އަބޫބަކުރު ސްކޫލުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ މުއްދަތު ހަމަނުވާ ދެފުށުގެ ލިޔުންތައް ފެންނާނެ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް:
- އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
އިންޓަރވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިޢުލާންގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ އަބޫބަކުރު ސްކޫލުގައެވެ.
- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އެކަންޏެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އަބޫބަކުރު ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިންނެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަބޫބަކުރު ސްކޫލުގެ ނަންބަރު 6842546 / 6842550 ފޯނަށް ގުޅުއްވުން އެދެމެވެ.