ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ނަންބަރު: (MCIF/IUL/2016/07) އިޢުލާނުގައިވާ އޮފީސް އެސިސްޓެންޓް މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ މި މަޤާމަށް މުވައްޒަފަކު ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑަކީ، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް، ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރު ދުނިޔެއާ ގުޅުވައިދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
މަޤާމު: އޮފީސް އެސިސްޓެންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ މަސްއޫލިއްޔަތުތައް:
- މި ކުންފުނިން ހަވާލުކުރާ އިންވޮއިސް، ސިޓީ، ޑޮކިއުމަންޓްސް ފަދަ ތަކެތި ބެހުމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ދިއުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.
- އޮފީސް އިމާރާތާއި، ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެތި ސާފުކޮށް ބެހެއްޓުން؛
- އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތް ކޮށްދިނުން؛
- ކުންފުނިން އެވަގުތު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
މަޤާމުގެ ޝަރުޠު ގްރޭޑް 8 ފުރިހަމަކޮށްފައިވުމާއެކު މަދުވެގެން 01 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
- ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަން ކިޔަން ދަންނަ ފަރާތަކަށްވުން؛
- މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛
- ސައިކަލް ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން؛
ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖުލައި 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ސީވީ (ވަނަވަރު) ގުޅޭނެ ނަންބަރާއެކު ފޮނުވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރަންބޭނުންފުޅުވާނަމަ 3300023 އަށް ގުޅުއްވުމަށް އެދެމެވެ.
ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް
މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑް
މޫކާއި ސޫޓްސް، ތިންވަނަ ފަންގިފިލާ، ހަވީރީހިނގުން
މާލެ، ދިވެހިރާއްޖެ