މަސައްކަތް
ނަންބަރު: MMS-A/2016/32
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 25 ޖުލައި 2016 13:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ގޮނޑި މަރާމާތުކުރާނެ ފަރާތެެއް ހޯދަން

އިޢުލާން

ގޮނޑި މަރާމާތުކުރާނެ ފަރާތެެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ހަލާކުވެފައިހުރި 15 ގޮނޑި (އަތްގަނޑުލީ) މަރާމާތުކުރަން ބޭނުންވެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖުލައި 2016 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށް ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގޮނޑި މަރާމާތުކުރުމާބެހޭ މަޢުލޫމާތުޝީޓު

  • މަރާމާތުކުރަންޖެހޭ ގޮނޑީގެ އަދަދު: 15
  • ކުރަންޖެހޭ މަސައްކަތް: ގޮނޑީގެ ލެދަރބައި ބަދަލުކުރުން
  • މަރާމާތުކުރަންޖެހޭ ގޮނޑިތައް ގެންދިއުމާއި ހުޅުލެއަށް ގެނަސް މިސަރވިސްއާ ހަވާލުކުރުން.

އަންދާސީހިސާބު ހުށަހެޅުއްވުމުގައި ސަމާލުކަންދޭންވީ ކަންތައްތައް:                   

  • ތަކެތި ގެނައުމާއި ގެންދިއުމަށް ނަގާ އަގު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
  • އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
  • ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
  • ތައްޔާރުކުރާ އަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
  • މިކަމަށް ހޮވޭ ފަރާތުން މަރާމާތުކުރުމަށް ހަވާލުކުރެވޭ ގޮނޑިތައް މަރާމާތުކޮށްގެން މި ސަރވިސްއާ ހަވާލުކުރުމަށް ގެނައުމުގެ ތެރޭގައި އެއިން އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އެގެއްލުމެއް އެއްވެސް އަގަކާނުލައި މަރާމާތުކޮށްދޭންވާނެއެވެ.
  • އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.
  1. ކުންފުނީގެ ޕްރޮފައިލް
  2. ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
  3. ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
  4. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
  • ގޮނޑިތައް ބައްލަވާލައްވަން ބޭނުންވާ ފަރާތްތަކުން 2016 ޖުލައި 20 ގެ 1:00 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފުސީލު

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

70

  1. މުއްދަތު:

10

  1. ތަޖުރިބާ:

10

  1. ވޮރަންޓީ:

10

ހުށަހެޅޭ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް:  

  1. ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
  3. އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

09 ޝައްވާލް 1437

14 ޖުލައި 2016