ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)218-CS/1/2016/4
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 25 ޖުލައި 2016 13:30
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑިރެކްޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ/ އެގްޒެކެޓިވް/ މެނޭޖަރ 

މުސާރަ: މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / މާލެ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކޯޕަރޭޓް ސަރވިސަސް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ/ މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް ހަރުދަނާކޮށް ބެލެހެއްޓުމުގެ މަސައްކަތް.

- އޮތޯރިޓީގެ ވެބްސައިޓުގައިވާ މަޢުލޫމާތުތަކަށް ގެންނަންޖެހޭ ބަދަލުތައް ބަރާބަރަށް ގެނެސް، އަބަދުވެސް އާންމުންނަށް ފަސޭހަކަމާއެކު މަޢުލޫމާތު ލިބޭނެގޮތަށް ވެބްސައިޓް އިންތިޒާމްކޮށް ބެލެހެއްޓުން.

- އޮތޯރިޓީގެ މައިގަނޑު މަސައްކަތްކަމަށްވާ ކޯސް އެކްރެޑިޓްކުރުމާއި، މަރުކަޒުތައް އޯޑިޓްކުރުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ފަސޭހަ ބޭނުންކުރެވޭގޮތަށް އިންތިޒާމުކޮށް ބެލެހެއްޓުން.

- އޮތޯރިޓީން ދެމުންގެންދާ ކޮލިފިކޭޝަން އެސެސްކުރުމާއި، ވެލިޑޭޓްކުރުމުގެ މަސައްކަތް، ޒަމާނީކޮށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ފަސޭހަ ލިބޭނެގޮތަށް އިންތިޒާމުކޮށް ބެލެހެއްޓުން.

- އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިން ޕޯޓަލްއެއްގެ އެހީތެރިކަމާއެކު އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެގޮތަށް އިންތިޒާމުކޮށް ބެލެހެއްޓުން.

- އޮތޯރިޓީގެ ކޮމްޕިއުޓަރ ވިއުގަ ބެލެހެއްޓުމާއި، ޒަމާނާ އެއްގޮތަށް އެ ވިއުގަ ތަރައްޤީކޮށް ބެލެހެއްޓުން.

- އޮތޯރިޓީގައި އޮންލައިން ކޮމިއުނިކޭޝަން ނިޒާމެއް ޤާއިމުކޮށް ހިންގުން.

- އޮތޯރިޓީގެ ގަވަނިންގ ބޯޑުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު އޮންލައިން ޕޯޓަލްގެ ޒަރީޢާއިން މެންބަރުންނަށް ލިބޭނެގޮތަށް އިންތިޒާމްކޮށް ބެލެހެއްޓުން.

- އޮތޯރިޓީގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމާއި އާންމުންނަށް ޖަވާބުދާރީވުމުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން.

- އޮތޯރިޓީއަށް ލިބޭ ފައިސާއާއި އޮތޯރިޓީގެ ބަޖެޓާބެހޭ މަސައްކަތް އިންތިޒާމުކޮށް ބެލެހެއްޓުން.

- އޮތޯރިޓީގެ މުވައްޒަފުންގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު:                                               

1. އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭނެ ކަންކަން:

މި މަޤާމަށް ޢައްޔަންކުރާ ފަރާތަކީ، މި އޮތޯރިޓީގެ އިދާރީ ހިންގުމާބެހޭ ސެކްޝަންވެސް ބަލަހައްޓަންޖެހޭ ފަރާތަކަށްވާތީ، މަޤާމަށް މީހަކު ޢައްޔަންކުރުމުގައި އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.                        

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 7 އޮގަސްޓު 2016 އާއި 11 އޮގަސްޓު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 25 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3344077 ނަންބަރު ފޯނަށް ނުވަތަ 3341240 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

9 ޝައްވާލް 1437

14 ޖުލައި 2016