ދިވެހިރާއްޖެ
މި މިނިސްޓްރީއަށް، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު 1: އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އެސިސްޓެންޓް (ހިއުމަންރިސޯސް / ޕްރޮކިއުމެންޓް) |
އަދަދު :01 |
ފެންވަރު ނުވަތަ ޝަރުޠު:
|
މަތީގައި ބަޔާންކުރެވިފައިވާ ވަޒީފާއާ ގުޅުންހުރި އިތުރު މަޢުލޫމާތާއި، އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުގެ ތަފުސީލު، ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން 16:00 އަށް
މުސާރަ: މަހަކު -/7710 ރުފިޔާ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
ވަޒީފާގެ މުއްދަތު: ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރެވޭ ތާރީޚުން ފެށިގެން 31 ޑިސެންބަރު 2016 ގެ ނިޔަލަށް
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 31 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ބަންދުނުން ކޮންމެ ދުވަހެއްގެ، 8:00 އިން 14:00 އާ ދެމެދު 3333160 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
07 ޝައްވާލް 1437