ވަޒީފާގެ ފުރުޞަތު
ނަންބަރު: 10/2016/MED-153-FHS
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 17:52
ސުންގަޑި: 19 ޖުލައި 2016 14:00
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓް ޓައިމް ލެކްޗަރަރެއް ހޯދުމަށް

އިޢުލާން

ފެކަލްޓީ  އޮފް ހެލްތު ސައިންސަސްގައި ހިންގާ ޕްރައިމަރީ ހެލްތު ކެއަރ ކޯހަށް ތިރީގައި މިދަންނަވާ މާއްދާ ކިޔަވައިދެއްވާނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްޕުޅުތަކުން 2016 ޖުލައި 19 ވަނަ ދުވަހުގެ 14:00 ކުރިން ފެކަލްޓީ އޮފް ހެލްތު ސައިންސަސްއަށް، ހުށަހަޅަންޖެހޭ ތަކެއްޗާއެކު ސިޓީ ފޮނުއްވުން އެދެމެވެ.

1. މާއްދާގެ ނަން: އެންވަޔަރަމަންޓް އެންޑް ކޮމިއުނިޓީ ހެލްތު 3

ކިޔަވައިދޭން ޖެހޭ ގަޑީގެ އަދަދު: 43 ގަޑި

ކިޔަވައިދީ ނިންމަން ޖެހޭ މުއްދަތު: 2016 ޖުލައި 10 އިން 2016 އޮކްޓޫބަރު 29 އަށް

ޓީޗަރުގެ ފެންވަރު ނުވަތަ ޝަރުޠު: މާއްދާއާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓު: މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ ހުރިހާ ގަޑިތަކެއް ނަގައިދޭންޖެހޭނީ މި ތަނުން ހަދާފައިވާ ޓައިމް ޓޭބަލާ އެއްގޮތަށެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1. ކިޔަވައިދޭ މާއްދާގެ ދާއިރާއިން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

8 ޝައްވާލް 1437

14 ޖުލައި 2016