ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2016/87
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 03 ޖުލައި 2016 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެސްޓެންޓް ޑިރެކްޓަރ ( ވޭޖް)

ވަޒީފާގެ ފުރުޞަތު

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުއްދަތު (1 އަހަރުދުވަސް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން)

ރޭންކް:

އެމްއެސް 3

ކްލެސިފިކޭޝަން :  އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

މަހަކު -/7035 ރ.

ސާރވިސް އެލަވަންސް: މަހަކު -/2,000 ރ.

މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް

އައްޑޫސިޓީ

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސްއޫލިއްޔަތާގުޅޭ (އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް ) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ
  1. މަޤާމުގެ މަސްއޫލިއްޔަތާގުޅޭ (އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ  މަސްއޫލިއްޔަތާގުޅޭ (އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސްޢޫލިއްޔަތާގުޅޭ (އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަޤާމުގެ މަސްޢޫލިއްޔަތާގުޅޭ (އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. މި މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީގައި ގާއިމުކުރާ އިދާރާގެ ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  2. މިސްކިތްތަކުގެ މުވައްޒަފުންނާގުޅޭ އެންމެހައި މަސައްކަތްތައް ކުރުވައި ބެލެހެއްޓުން.
  3. މިސްކިތްތަކުގެ ނަމާދުކުރުމުގެ އިމްތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން.
  4. ހުށަހެޅޭ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން.
  5. މުސާރައާއި ފައިސާއާ ގުޅޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން .
  6. މިސްކިތްތައް މަރާމާތުކޮށް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން.
  7. މުސާރައާއި ފައިސާއާ ގުޅޭ އެންމެހައި މަސައްތައް ކުރުވައި ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތަގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.
  • ލީޑަރޝިފްގެ ހުނަރު ލިބިފައިވާ މިންވަރު

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން ލިޔެފައިވާ އަދި ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

  • 14 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ އައްޑޫ ސިޓީގައ ގާއިމުކުރެވޭ އިދާރާ.
  • މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އައްޑޫ ސިޓީގައެވެ.
  • މި މަޤާމުގެ އިންޓަވިއު އަދި ޕްރެކްޓިކަލްސް އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 30 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި އައްޑޫ ސިޓީގައެވެ.

    ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަމްބަރަކީ 3315161
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

25 ރަމަޟާން 1437

14 ޖުލައި 2016