މަސައްކަތް
ނަންބަރު: GS-80/IUL/2016/16
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 18 ޖުލައި 2016 13:00
އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިން ފާޚާނާ ހިމެނޭ ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކުރި ނަންބަރު: GS-80/IUL/2016/15 (23 ޖޫން 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތުދިނުން އޮންނާނީ 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ސްކޫލުގައެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު މަދަރުސާގެ 6500548 ނަންބަރު ފޯނަށެވެ.

05  ޝައްވާލް 1437

10 ޖުލައި 2016