މަސައްކަތް
ނަންބަރު: (IUL)345-CAA/345/2016/33
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 21 ޖުލައި 2016 11:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑު އެޅުމަށް ކަނޑައަޅާފައިވާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށު ބޯޅަދަނޑުގެ ހުޅަނގުދެކުނުން ފުޓްސެލްދަނޑު އެޅުމަށް ކަނޑައަޅާފައިވާ 14391 އަކަފޫޓުގެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)345-CAA/345/2016/28 (13 ޖޫން 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޖުލައި 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފުޓްސެލްދަނޑު އަޅާ ބިން ސާފުކުރުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ރަމަޟާން 1437

14 ޖުލައި 2016