ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/1/2016/56
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 24 ޖުލައި 2016 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު: ސީނިއަރ އެކައުންޓްސް އޮފިސަރ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 3

ބޭނުންވާ ޢަދަދު:

1

މުސާރަ: މަހަކު 7,035.00 ރުފިޔާ      

  ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ފަންކްޝަން/ޔުނިޓް / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ފައިނޭންސް ސެކްޝަން/ މާލެ

އަސާސީ ޝަރުޠު:

  1. އެކައުންޓިންގ / ކޯޕަރޭޓް ފައިނޭންސް / ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ / ކޯޕަރޭޓް ފައިނޭންސް / ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެކައުންޓިންގ / ކޯޕަރޭޓް ފައިނޭންސް / ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ / ކޯޕަރޭޓް ފައިނޭންސް / ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. އެކައުންޓިންގ / ކޯޕަރޭޓް ފައިނޭންސް / ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ / ކޯޕަރޭޓް ފައިނޭންސް / ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. އެކައުންޓިންގ / ކޯޕަރޭޓް ފައިނޭންސް / ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  5. އެކައުންޓިންގ / ކޯޕަރޭޓް ފައިނޭންސް / ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ކުރިއަށްއޮތް އަހަރުގެ ބަޖެޓް ތައްޔާރު ކުރުމަށްޓަކައި އެކި ސެކްޝަންތަކުން ބޭނުންވާނެ ތަކެއްޗާއި، ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކަށް ބޭނުންވާނެ ފައިސާގެ ތަފުސީލުތައް ހޯދުމަށްފަހު މިނިސްޓްރީގެ ބަޖެޓް ތައްޔާރުކުރުން.
  2. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް މިނސްޓްރީއަށް ފޮނުވުމުން ގެންނަންޖެހޭ ބަދަލުތަށް ގެނެސް އިޞްލާޙު ކުރުމަށްފަހު ހުރިހާތަނެއްގެ ބަޖެޓްތައް އެއްކޮށް ކޮންސިލިޑޭޓް ކުރުމަށްފަހު ކަނޑައެޅިފައިވާ މުއްދަތަށް ބަޖެޓްތައް ނިންމާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށައެޅުން.
  3. މިނިސްޓްރީން މުޅި އަހަރުދުވަހުގެ ތެރޭގައި ކޮށްފައިވާ ޚަރަދުތައް، މިނިސްޓްރީގެ ސިސްޓަމާއި، (SAP) ސިސްޓަމުން ރިކޮންސައިލްކޮށް އޮޑިޓްއޮފީހުން ކަނޑައަޅާ ފޯމެޓަށް ތައްޔާރުކޮށް އަންގާފައިވާ މުއްދަތަށް އޮޑިޓް އޮފީހަށް ފޮނުވުން.
  4. މިނިސްޓްރީގެ ބަޖެޓުން ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ވައުޗަރތަކާގުޅޭ ލިޔެކިޔުންތައް ހަމަތޯ ބަލައި، ޗެކުކުރުމަށްފަހު ވައުޗަރުތަކުގައި ސޮއިކޮށް ހުއްދަދިނުން.
  5. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އޮފީސްތަކުގެ އާމްދަނީއާއި، ޚަރަދު ރިޕޯޓުތައް ގަވާއިދުން ތައްޔާރުކުރަމުން ގެންދޭތޯ ބަލައި މޮނިޓަރކުރުން.
  6. ސެކްޝަން މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމު ފުރުމާއި، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އެޕްރޭޒްކުރުން.
  7. ޕްރޮކިޔުމަންޓުން ގަންނަން ބޭނުންވާ ބައެއް ތަކެތީގެ ޕީއޯ ހެދުމަށްބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކުރެވިފައިވޭތޯ ބަލައި    (SAP) ސެޕް ތްރޫކޮށް ހުއްދަދިނުން.
  8. ބިލްތަކަށް ފައިސާދެއްކުމަށްޓަކައި ވައުޗަރތައް (SAP) ސެޕަށް އެންޓަރ ކޮށްފައިވަނީ ރަނގަޅަށްތޯ ބަލައި  ޗެކްކުރުމަށްފަހު، ޕޯސްޓްކުރުން.
  9. މި މިނިސްޓްރީން ފާހަގަކުރަންޖެހޭ ޤައުމީދުވަސް، ރާއްޖެ އިސްލާމްވީ ދުވަސް، މިނިވަންދުވަސް، ނަޞްރުގެ ދުވަސް، އަދި ޖުމްހޫރީދުވަސް ފަދަ ދުވަސްތަކުގެ ރަސްމިއްޔާތާ ބެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ:)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %38)

އިންޓަރވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2016 އޮގަސްޓު 3 ވަނަ ދުވަހާއި 15 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3313325 ނަންބަރު ފޯނަށް، ނުވަތަ 3323820 ނަންބަރު ފޯނަށެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
  • ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

 3. ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).

 5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

 

13 ޖުލައި 2016