މަސައްކަތް
ނަންބަރު: GS19-C/IUL/2016/25
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 20 ޖުލައި 2016 11:00
ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ގުދަނެއް އެޅުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަދަރުސާގައި 25x33 ފޫޓުގެ ގުދަނެއް އެޅުމަށް ބޭނުންވެއެވެ. ގުދަން އެޅުމަށް ބޭނުންކުރާނީ، ދަގަނޑު ހޮޅިއާއި، ލައިސާޓް ޓިނާއި، ލަކުޑި ފައްޗެވެ.

ވީމާ، މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް ކުރިމަތިލެވޭނީ، ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށްވެސް ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

20 ޖުލައި 2016 (ބުދަ)

11:00

މަދަރުސާގެ އޮފީސް

އަންދާސީހިސާބު ހުށަހެޅުން

01 އޮގަސްޓު 2016 (ހޯމަ)

11:00

މަދަރުސާގެ އޮފީސް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި، 6500048 ނަންބަރު ފޯނާ ގުޅުއްވުމަށް ދެންނެވީމެވެ.

05 ޝައްވާލް 1437

10 ޖުލައި 2016