ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ ކައުންސިލްގެ އިދާރާގައި ކުރަންހުރި ބައެއް މަސައްކަތްކުރުން:
ތ. ކަނޑޫދޫ ކައުންސިލްގެ އިދާރާގައި ކުރަންހުރި ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2016 ޖުލައި 13 ވަނަ ދުވަހުގެ 8:30 އިން ފެށިގެން 2016 ޖުލައި 20 ވަނަ ދުވަހުގެ 13:00 އާ ދެމެދު މި އިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2016 ޖުލައި 31 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 2016 ޖުލައި 21 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/25 (ފަންސަވީސް) ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
07 ޝައްވާލް 1437